މިދިޔަ އާދީއްތަ ދުވަހު ރާއްޖޭ ސަރަހައްދުން ފެނުނު ބޭރުގެ ބޯޓު އޮތީ ދާ އަޅައިގެން މަސް ހިފަން ކަމަށް އެ ބޯޓު އޮތް ސަހަރައްދަށް ދިޔަ މަސްދޯނިން ބުނެފިއެވެ.
މަސްވެރިން އެމްވީއަށް މައުލޫމާތު ދެމުން އެ މަސްދޯނީގެ ފަޅުވެރިޔަކު ބުނީ ބޯޓު ފެނުނީ ހއ އަތޮޅުގައި ހުރި ކަނދުފަތިތަކާ މާ ދުރުނޫން ހިސާބަކުން ކަމަށާއި އެއީ އިހަވަންދޫއިން ބަލާނަމަ އެރަށާ 25 މޭލު ބޭރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ބޯޓު ފެނިގެން ބޯޓާ ގާތްކުރިން. އޭރުވެސް އޮތީ ދާ އަޅައިގެން. ދަލުގައި ޖެހިފައި ހުރި ކަންނެލި ކަހަލަ އެއްޗެހި ހުރި ފެންނަން ވެސް. ދޯނި ގޮސް ބޯޓާ ގާތްކޮށް އޭގެ ވަށައިން ދުއްވިއިރުވެސް އެމީހުންގެ އެއްވެސް ހާސްކަމެއް ނެތް. އެމީހުންނަށް ހީވާ ކަހަލަ މިއީ އެމީހުންގެ ސަހަރައްދޭ. އަޅުގަނޑުމެން ރަށު ކައުންސިލަށާއި އެމްއެންޑީއެފަށް ގުޅާފަ މައްސަލަ ރިޕޯޓްކޮށްފަ އޭގެ ވަރަށް ގިނައިރުފަހުން އެ ސަރަހައްދު ދޫކޮށް ދިޔައީ. އިރުކޮޅަކުން އަނެއްކާ އަނެއް ބޯޓު ފެނިއްޖެ. އެވާހަކަވެސް ރިޕޯޓް ކުރިން." މަސްވެރިޔާ ބުންޏެވެ.
މިއީ ކޮން ޤައުމެއްގެ ބޯޓްތަކެއްކަން ސާފެއް ނުވެއެވެ. ބޯޓު ފެނުނީ އިހަވަންދޫ މަސް ދޯންޏަކަށެވެ. ދޯނި ބޯޓާ ގާތް ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

މި ބޯޓުތައް ހިފެހެއްޓިކަމުގެ މަޢުލޫމާތެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. އެދުވަހު އެ ބޯޓުތައް އޮތް ސަރަހައްދަށް އެމްއެންޑީއެފް ދިޔަ ކަމުގެ މަޢުލޫމާތެއްވެސް ނުލިބެއެވެ.
3 Responses
ޢެއްވެސްް ތަނަކަށްް އަންގާނެެ ކަމެއްނެތް. ޢަމިއްލައަތްް ހައްލުު ހޯދަންޖެހެނީ
Nudhaane e ee.indiyaa boatufaharu emeehunnah dhivehi raahjeyge kaduthakaa kaduge adiyaa ފަfaruthakafalhuthah vanee vihkaa
ކޮންމެ ކަމެއްގަވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ޒަމާން. މަސްވެރިންވެސް ބުރަފަތީގަ އޮޅޭ ގޮތަށް ދަލެއް ކަނޑަށް ވައްޓާލާފަ އަންނަން ދަސްކޮއްބަލަ. ކޯސްޓްގާޑް އޮތީ ރަތް ރޮނގުގެ ބިއްދޮށުގަ