ގދ.ހަވޮއްޑާ ކައިރީ މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި ހުރި މަސްވެރިއަކަށް ސިއްހީ ކުއްލި މައްސަލައެއް ދިމާވެގެން ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނަކު ހާލު ދެރަވެގެން ޞިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު މިއަދު 06:50 ހާއިރު ގދ.ތިނަދޫ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
މަސްދޯނިފަހަރު ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މަސްދޯނިފަހަރު ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް މަސްވެރިންނަށް ދިމާވާ ސިއްޚީ ކުއްލި މައްސަލަތަކަށް އެމްއެންޑީއެފުން އަންނަނީ އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


