240527980_4386540064772808_303830955345047170_n

މަސްވެރިންގެ ދުވަހު ފަރެސްމާތޮޑާގައި މަސްބޭނުމުގެ މުބާރާތެއް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ގދ. ފަރެސްމާތޮޑާގައި މަސްބޭނުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވީ " ހިތްވަރު މަސްރޭސް 2021"ނަމުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން މިމަހުގެ 4ވަނަ ދުވަހުގެ ރޭގަނޑު 8:30ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމު ހުށަހަޅަން ޖެހެއެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ހިތްވަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ ދުވަސް ކަމުގައިވާ ޑިސެމްބަރު 10ވަނަ ދުވަހުއެވެ.

މި މުބާރާތުން 1ވަނަ އަށްދާ ފަރާތަކަށް 3500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު، ދެވަނައަށް ދާފަރާތަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމެއް އަދި ތިންވަނައަށްދާ ފަރާތަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި މީގެއިތުރުން އެންމެ ބަރު މަސް ބާނާ ފަރާތަކަށް 500 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!