ފެލިވަރު މަސް ކާރުޙާނާއިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އެ ކާރުޙާނާގެ 3 މަޤާމަކަށް މީހުން ހޯދާ ކަމަށެވެ. އެއީ ޖޫނިއަރ އޮފިސަރގެ މަޤާމަށާއި، ޖޫނިއަރ ކިއު.އޭ. އިންސްޕެކްޓަރގެ ވަޒީފާގެ އިތުރުން އޮއިލާގެ މަޤާމަށެވެ.
ޖޫނިއަރ އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާންކޮށްފައިވަނީ ފެލިވަރު ކާރުޙާނާގެ ކޯލްޑްސްޓޯރެޖް-އޮޕްރޭޝަން ޑިޕާޓުމަންޓުންނެވެ. މި މަޤާމުގެ މުސާރައަކީ އެލަވަންސްއާއި އެކު 5760 ރުފިޔާއެވެ.
ޖޫނިއަރ ކިއު.އޭ. އިންސްޕެކްޓަރގެ މަޤާމަށް މީހަކު ހޯދަން އިޢުލާންކޮށްފައިވަނި ލެބޯރޓްރީ-ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުންނެވެ. މި މަޤާމުގެ މުސާރައަކީ އެލަވަންސްއާއި އެކު 6560 ރުފިޔާއެވެ.
އޮއިލަރގެ މަޤާމުގެ މުސާރަ އެލަވަންސްއާއި އެކު އުޅެނީ 8250 ރުފިޔާގައެވެ. މި މަޤާމަށް 3 މީހުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، މަސައްކަތްކުރަން ޖެހެނީ ފްލީޓު-އޮޕަރޭޝަން ޑިޕާރޓުމަންޓުގައެވެ.
މި ވަޒީފާގެ ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12ވަނަ ދުވަހުގެ 16:30ގެ ކުރިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓުމަންޓަށް ސިޓީ ފޮނުވަން ވަނީ އެދިފައެވެ.
One Response
ތިހާ ބޮޑު މުސާރައެއް ދިނީމަ ޖެހިގެން އަންނަމަހު ތިކަލަ މަސްފެކްޓަރީއެއް ހުޅުވަފާނެ ތީ މިފްކޯއިން ބޮރެއްނުގަނޭތޯ ؟؟ސަރުކާރު ވެރިން ތިބެނީ ދޮޅުންނެވެ. ތިމުސާރައިގެ އޮނިގަނޑު ހެދިމީހުންނަށް ތިމުސާރަދޭންވީ .،،،،،،ފަޅުމަތިން ރޮޑުބާނައިގެ 1ރ ރޮޑެއް ވިއްކިޔަސް ތިޔައްވުރެ މާރަގަޅު އާމްދަނީއެއް މަހެއްގެ މައްޗައް ލިބޭނެ