ފިޝަރީޒް އެކްސްޕޯގައި މިފްކޯއިން ތައްޔާރުކޮށްފައިވާ ސްޓޯލް
ފިޝަރީޒް އެކްސްޕޯގައި މިފްކޯއިން ތައްޔާރުކޮށްފައިވާ ސްޓޯލް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ފިޝަރީޒް އެކްސްޕޯ" ފަށައިފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ކ.ގާފަރުގައި ފާހަގަކުރަމުންދާއިރު، މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޢާއްމުކޮށް ހުޅުވާލެވިގެން ގާފަރު ބަނދަރު ޞަރަޙައްދުގައެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓްސް އެއްތަނަކުން ދައްކާލައި އެތަކެތި އާންމުންނަށް ތަޢާރަފްކޮށްދީ އެމަޢުލޫމާތު އާންމުންނަށް ދިނުމެވެ. މިގޮތުން، މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި، މަސްވެރިކަމާ ގުޅޭ ޒަމާނީ އާލާތްތަކާއި ވަސީލަތްތައް ބާޒާރުކުރާ ފަރާތްތަކުގެ ޕްރޮޑަކްޓްސްތައް ދައްކާލައި އެތަކެއްޗާއި ގުޅޭ މަޢުލޫމާތު މަސްވެރިންނަށާއި އާންމުފަރާތަކަށް ދިނުން ކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއްވައެވެ.

އެކްސްޕޯގައި މަސްވެރިކަމާއި ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ވެސް އެކްސްޕޯގެ ބައިވެރިންނަށް ފުރުސަތު ދެއްވާފައިވާނޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!