261338231_2955323034721123_2879148138020009441_n

މިފްކޯއިން ގާފަރުގައި ކުޑަކުދިންގެ ހަވީރެއް

މިފްކޯއިން ގާފަރުގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މިއީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ގިނަ ހަރަކާތްތަކަކާއި އެކު ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ. ގާފަރު ކުޑަކުދިންގެ ޕާކުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ކުޑަކުދިންނަށް ތަފާތު އެކި ކުޅިވަރުތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުބަހުގެ 10ވަނަ ދުވަހެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ކ.ގާފަރުގައެވެ. ގާފަރުގައި މި ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންދިޔުމަށް ރާވާފައެވެ. މީގެތެރެއިން މަސްވެރިންގެ ފޯރަމް އިއްޔެވަނީ ބާއްވާފައެވެ. އަދި މިއަދުވަނީ މަސްވެރިންގެ އެކްސްޕޯއެއްވެސް އެރަށުގައި ބާއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!