ENSIS

އެންސިސް ކޭނިން ފެކްޓަރީއަށް ދެއަހަރު

އެންސިސް ފިޝަރީޒް ޕވޓ ލޓޑ ގެ ހުޅުމާލޭގައި ހުންނަ ކޭނިން ފެކްޓަރީއަށް މިއަދުވަނީ 2 އަހަރު ފުރިފައެވެ.

2019 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ހުޅުވި މިކޭނިިން ފެކްޓަރީގައި ދަނީ މަހުގެ އެކި ބާވަތްތައް ބޭނުންކޮށްގެން އެކި ރަހަތަކުގެ މަސްދަޅު ތައާރަފްކޮށް، ރާއްޖޭ އަދި ރާއްޖެއިން ބޭރަށް ވިއްކަމުންނެވެ.

އެންސިސްގެ އެމްޑީ ވިދާޅުވިގޮތުގައި އަމިއްލަ ގައުމުގެ ހިއްވަރުގަދަ މަސްވެރިން ކުރާ މިންނެއް މަސައްކަތުގެ އަގު ވަޒަންކޮށް އެމަހުން ރާއްޖޭގައި މަސްދަޅު ބަންދުކޮށް ރާއްޖެއިން ބޭރުގެ ބާޒާރުތަކުގައާއި އަދި ރާއްޖޭގައި ވިއްކުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ހުރިހާ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.

އެންސިސް ކޭނިން ފެކްޓަރީގެ އެންމެ ބޮޑު އެއްބޭނުމަކީ މަހުގެ އެއްވެސް ބާވަތެއް ބޭކާރުނުކޮށް، ހުރިހާ ބާވަތަކުން އެކި ރަހަތައް އެކުލަވާލައިގެން މަސްދަޅު އަދި މަހުގެ އުފެއްދުންތައް ހެދުމެވެ.

މިއަދު ކޭނަރީއަށް 2 އަހަރު ފުރޭއިރު، އެތަނުން އުފައްދާ އުފެއްދުންތަކަށް ރައްޔިތުންގެ ވަރަށްބޮޑު ތަރުހީބެއް ލިބޭ ކަމަށްވެސް އެންސިސް އިން ވިދާޅުވިއެވެ. ކޭނިން ފެކްޓަރީއިން އުފައްދާ ބާވަތްތަކުގެ ތެރޭގައި

  • ޓޫނާ ކޭން އިން އޮއިލް
  • ޓޫނާ ކޭން އިން ބްރައިން
  • ޓޫނާ އިން ޗިލީ ސޯސް
  • ލައިޓްލީ ސްމޯކްޑް ޓޫނާ އިން ސަންފްލާވަރ
  • ޓޫނާ ސްޓޭކް އިން ސަންފްލާވަރ
  • ވެންޓްރެސްކާ އިނ ސަންފްލާވަރ

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިއަށްދާ ފިޝަރީޒް އެކްސްޕޯގައި އެންސިސް ސްޓޯލްގައި ދަނީ ލަކީ ޑްރޯއެއް ބާއްވާ ހަދިޔާތަކެއް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!