މިފްކޯއިން "މަސްވެރިން އެޕް" ލޯންޗުކޮށްފި

FGQPMucVUAURY-X

މިފްކޯގެ "މަސްވެރިން އެޕް" ލޯންޗުކޮށްފިއެވެ.

އެ އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަ ކ. ގާފަރުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިފްކޯގެ މަސްވެރިންގެ އެޕް މެދުވެރިކޮށް، ދޯނި ކިރުވި މަހުގެ އަދަދާއި، ލިބޭ ފައިސާ އާއި ތެޔޮ ދޫކުރި ވަރާއި އެހެން ހިދުމަތްތައް ފެންނާނެއެވެ.

މިފްކޯއިން ހާމަކުރާގޮތުގައި، މަސްވެރިންނަށް އެޕް ދޫކޮށްލާނީ އަންނަ އަހަރުގެ ކުރީކޮޅުއެވެ. އޭގެ ކުރިން އެޕް ބޭނުން ކުރާނެ ގޮތްތައް ބުނެދީ އަހުލުވެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެކުންފުނިން ހާމަކުރެެއެވެ.

މިފްކޯއިން ވަނީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން އިތުރު ޕްރޮޑަކްޓުތަކެއް ބާޒާރަށް ނެރެފައެވެ. އެއީ ޒައިތޫނި ތެލުގައި ބަނޑައިދުލާއި، ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ ޓޫނާ އާއި، ޓޫނާ ސްޕްރެޑް، ޓޫނާ އަސާރަ އަދި ވަގުތުން ކާލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ސްޕެގެޓީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތީ ވަރަށް ރަގަޅު ކަމެއް. ޚޮންމެ ދޯންޏެއްގެ މަސްކިރުވި މައުލޫމާތުވެސް ކޮންމެ ފަރާތަކަށްވެސް އިގޭނެ ގޮތެއް ހުރުމަކީ ކޮންމެހެން ކުރަން ޖެހިފަ އޮތް ކަމެއް.މިހާރު ވާގޮތަކީ ބައެއް އޮޑިވެރިންނަށް ހަގީގީ މަންފާއެއް ނުކުރޭ. ބައެއްފަހަރު އެހެން ދޯނިފަހަރުގެ ނަމުގަވެސް މަސްކިރާދޭ ކަމަށް ބުނޭ.

ފަހުގެ