މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި މަސްރޭހެއް ބޭއްވުމަށް ރ. މަޑުއްވަރީ ކައުންސިލުންވާނީ ނިންމާފައެވެ. މިމަސްރޭސް ބޭއްވުމަށް ހަމެޖހިފައިވަނީ ޑިސެންބަރު 16 ވާ ބުރާސްފަތި ދުވަހުއެވެ.
މި މަސްރޭހުގައި، އެންމެ ގިނަ ކިލޯ ކިރުވާ ޓީމަށް 5000 ރުފިޔާ، ދެވަަނަ ޓީމަކަށް 3000 ރުފިޔާ އަދި ތިންވަނައަށް އެންމ ގިނަ ކިލޯ ކިރުވާ ޓީމަކަށް 1500 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.
އަދި މީގެއިތުރުން އެންމެ ބަރު މަސް ކިރުވާ ޓީމަކަށް 500 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިރޭހުގައި ބައިވެރިވުމަށް އެދެވޭ އެންމެ ފަހު ތާރީޚަކީ މިމަހުގެ 15 ވާ ބުދަ ދުވަހުގެ 14:00 އެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ info@raamaduvvari.gov.mv އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށް މަޑުއްވަރީ ކައުންސިލުން ވިދާޅުވެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވާހާއި ގުޅިގެން ގިނަ ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާތަކުންވަނީ މަސްބޭނުމުގެ މުބާރާތްތައް ބާއްވާފައެވެ. އަދި މީގެ އިތުރުން ބައެއް ރަށްރަށުންވަނީ އަންހެނުން ގޮވައިގެން ކަނޑުމަސް ބާނަންވެސް ގޮސްފައެެވެ.