މަސްވެރިޔާ ކާޑް ތައާރަފް ކުރުމަށް ބޭންކުގެ މުވައްޒަފުން ގެމަނަފުށީ މަސްވެރިންނަށް މައުލޫމާތު ދެނީ
މަސްވެރިޔާ ކާޑް ތައާރަފް ކުރުމަށް ބޭންކުގެ މުވައްޒަފުން ގެމަނަފުށީ މަސްވެރިންނަށް މައުލޫމާތު ދެނީ

ބީއެމްއެލްއަށް އޮޅިގެން މަސްވެރިންނަށް ލައްކައިން ޖަމާކޮށްދެވި، އެ ހޯދަން ބިރުދައްކަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އޮޅިގެން ގއ. ގެމަނަފުށީ ގިނަ އަދަދެއްގެ މަސްވެރިންނަށް އިތުރަށް ލައްކައިން ފައިސާ ޖަމާކޮށް، އެކަން ރޭކާލުމުން ބިރުދައްކައިގެން އެ ފައިސާ ހޯދަން އުޅޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގެމަނަފުށިން މި ނޫހާ ވާހަކަދެއްކި ބައެއް މަސްވެރިން ބުނީ މަސްވެރިންގެ ކާޑަށް ދިމާވި މައްސަލައަކުން، އިތުރަށް ލައްކައިން ޖަމާވެފައި ހުރުމުން އެކަން ބީއެމްއެލް އަށް ގުޅައިގެން އެންގި ކަމަށެވެ. އެތައް މަސްވެރިންނެއް އެކަން ބޭންކުގެ ސަމާލުކަމަށް ގެނައި ނަމަވެސް ބޭންކުން ބުނަމުން ދިޔައީ އެއީ ބޭންކުގެ ފައިސާ ނޫންކަމަށް މަސްވެރިން ކިޔައިދިނެވެ.

"ތިމަންނަމެން ލާރިއެއް ނީންނާނެއޭ ތިބޭފުޅާ އެކައުންޓަކުއެއް" ބޭންކުން ބުނި ގޮތް ކިޔައިދެމުން ގެމަނަފުށީ މަސްވެރިއެއް ކަމުގައިވާ އާދަމް ނިސްފް ކިޔައިދިނެވެ.

ނިސްފު ބުނީ ބޭންކަށް ގުޅައިގެން ސަމާލުކަމަށް ގެނައި ނަމަވެސް އެކަން ބޭންކުން ގަބޫލު ނުކުރި ކަމަށެވެ.

"ބައެއް މީހުނަށް 20 (ހާސް) ޖަމާކުރީމަ އެއްލައްކަވެސް އައި"

އެހެންކަމުން ބައެއް މަސްވެރިން އެ ފައިސާ ނަގައި ބޭނުންކުރިކަމަށް ނިސްފް ބުންޏެވެ. އޭގެ ދެތިން މަހެއް ފަހުން ބޭންކަށް އެކަން އެނގުމުން ފުރަތަމަވެސް އެކައުންޓްތައް ހިފެހެއްޓީކަމަށް ނިސްފް ކިޔައިދިނެވެ.

"ބޭންކުން އަޅުގަނޑުމެންގެ ރަށަށް އައީ. ދެންހަމަ އާދައިގެ ނޯމަލް ނަންބަރަކުން ގުޅައިގެން ގެނެސްގެން ފޯމަކު ސޮއިކުރުވަނީ"

ބޭންކު މީހުން އެ ރަށަށް ގޮސް، ފައިސާ އަނބުރާ ހޯދުމަށް ފޯމުގައި ސޮއިކުރުވަން ގެންދަނީ އެމީހުން ހިފައިފަ ހުރި ގެސްޓްހައުސްއަކަށް ކަމަށް ނިސްފް ބުންޏެވެ. އަދި ބިރުދައްކައިގެން ފޯމުގައި ސޮއިކުރަން ބުނަމުން، ސޮއި ނުކޮށްފިނަމަ ކޯޓަށް ދާނެ ކަމަށާއި އަބުރާ ފައިސާ ނުދައްކާ އިތުރުވާ ދުވަހަށް އިންޓްރަސްޓް ދައްކަން ޖެހޭކަމަށް ބުނިކަމަށް ނިސްފު ބުންޏެވެ.

ބޭންކުން ދެއްކި ފޯމުގައި އެއްބައި މަސްވެރިން ސޮއި ކުރިނަމަވެސް އަނެއްބައި މަސްވެރިން ސޮއި ނުކުރިއެވެ. އަދި ބޭންކުން އެކަން ކޯޓަށް ހުށަހަޅައިގެން ވެސް ކޯޓަށް ގެންދިޔައީ އޭގައި ސޮއި ކުރި މީހުންކަމަށް ނިސްފު ބުންޏެވެ.

މި ނޫހަށް ވަނީ ސިވިލް ކޯޓުގެ ބަޔާނުގެ ކޮޕީއެއް ލިބިފައެވެ. އޭގައި ވާގޮތުން މަސްވެރިން ލޯނެއް ނެގިކަމަށް ބުނެ، ލޯނުގެ އިންޓްރަސްޓް ފައިސާވެސް ދެއްކުމަށް ހިމަނާފައި ވެއެވެ.

ނިސްފު ބުނީ އެކަމާ ގުޅިގެން ބައެއް މީހުންގެ އެކައުންޓްތަކުން ބޮޑު އަދަދަކަށް ބޭންކުން ފައިސާ ކެނޑި ކަމަށެވެ. އަދި އެކައުންޓު މައިނަސް ވާވަރަށް ފައިސާ ކެނޑުމުން އެކަމުގެ މާލީ ދަތިކަން ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.

މިނޫހާ ވާހަކަ ދެއްކި އެހެން މަސްވެރިއެއް ނަން ހާމަ ނުކުރަށް އެދެމުން ބުނީ އޭނާއަށް 29،000 ރުފިޔާ ޖަމާވި ކަމަށެވެ. އަދި އެ ފައިސާ ލޯނެއްގޮތުގައި ދައްކަން ބޭންކުން އެދުނު ކަމަށް އޭނާ ބުންޏެވެ. މިހާރު އެކަމަށް ހައެއްކަ މަސް ވެދާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެންނަކަށް ވެސް ނޭނގެ ލާރި (އިތުރަށް) އަންނަކަމެއް. ދެން އަހަރުން މި ނަގަނީ އެކައުންޓުގަ ހުރި ލާރި. ނެގީމަ އިތުރުވަނީ. ފަހު ވަގުތު އެމީހުން (ބޭންކުން) ކިޔަނީީ އެއީ ބޭންކުގެ އެއްޗެކޭ، އަހަރެމެން ޖެހޭނީ އެ ރިޓާން ކުރާށޭ"

ނަމަވެސް މިވަގުތު މާލީ ހާލަތު ހުރި ގޮތުން ބައެއް މީހުން އަނބުރާ އެ ފައިސާ ނުދައްކާ ކަމަށާއި ބައެއް މީހުން ކޮންމެ މަހަކު ވަކި ވަރެއް ދައްކަން ފަށައިފި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބޭންކުން އެފައިސާ ހޯދުމަށް ބިރުދައްކައި، ގަދަކަމުން ފޯމުގައި ސޮއިކުރުވާތީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން އޭނާ ބުނީ އެ ފޯމުގައި ސޮއި ނުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

5 Responses

  1. ބީ އެމް އެލް އަކީ އަބަދުވެސް ތިގޮތައް އޮޅުވާލުން ތަކެއް ގެންގުޅޭ ބައެއް މީހެއްގެ އެކައުންޓުގަ ހުންނާނީ އެމީހެއްގެ ފާސާ ނުދޭތި ފާސާފާސާފާސާ

  2. ވަގު ބޭންކު ވައްކަން ކުރަން އުޅެނިކޮށް އޮޅުނީތަ؟...ދިހަ ގުނަ ދަމައި ގަންނާނެ..ހަރާން ފައިސާ ތިމާއާއި ދަރިންނަށް ކާން ދެނިކޮށް ދެރަ ގޮތެއް ދިމާވެދާނެ. ހަނދާން ބަހައްޓާތި.
    **ވައްކަންކުރާ ވަގުން ބޭންކުން ވަކިކޮށްގެން ނޫނީ ވައްކަން ކުރުން ނުހުއްޓުވޭނެ..މީސް މީހުން ބޮޑެތި އަދަދުން ފައިސާ ޖަމާކުރީމާ އެއްދުވަސް ދެދުވަހަކަށް އެހެން އެކައުންޓަކަށް ޖަމާކޮށް އެވައްކަން ހިންގާލަނީ..މިހެން އެކި ގޮތްގޮތަށް ކުރަނީ ހަލާލު ފައިސާ ގެ ނަމުގައި ކަނޑަނީ އަދި ބައެއް ފަހަރު ދިހަހާސް ކަނޑާފަ މަސްއަލަ ޖެއްސީމާ އަށްހާސް ޖަމާކޮށްދީފަ އަނެއްދެހާސް އެއީ ކުރި މަސައްކަތަށް ކެނޑީ ކަމަށް ބުނެފާ އެބަހުރި.

  3. ހުރިހާ އެކައުންޓެއް އިސްލާމިކް ބޭންކަށް ބަދަލުކޮށްލަބަލަ.އެއިރުން ހައްލުވީ.ބީއެމްއެލް އަކީ ރައްޔިތުން ފެލަން އުޅޭ ބަޔެއް.ދިވެހިންގެ ލޭ ބޮނީ .ލޯނެއް ނެގިޔަސް ވާނުވާ ނޭގޭ .