މަސްވެރިކަމާއި ގުޅޭ

މަސްބޭނުމާއި ފެންއެއްލުން

މިއީވެސް ހިމޭންްކަމާއެކު ރީތިކޮށް ކުރާކަމެކެވެ.

މަތިކިބާ ދޮށި އެޅުން، ދަށްކިބާ ދޮށިއެޅުން ބަޑުދޮށީގައި ބެހެއްޓުން މިގޮތައް ހަދޮށީގައި މަސްބާނާ އިރު ދޯނީގެ ކޮޅުފަސްކޮޅު ފިލާގަޑު މަތީގައި އުޅެތެވެ. މުޅި ދޯނީގެ ތެރެއަށް މަސް އުކަނީ އަކީ ނޫނެވެ. މަސްބާނަނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ވަތަށެވެ. މަސް ކަދުގައި ޖައްސާ ޖެއްސުން ވެސް ހުންނަނީ ދާދި އެއްތަނަކަށް އަމާޒުކުރެވިފައެވެ. މަސް ކަޑުވައިބާނާއިރު ދޮށީގެބުޅި ދޯނީގެ ތެރެއަށް ނައިސް މަސް ދޯނިގެ ތެރެއަށް އާ ދެއެވެ. ދޮށި އޮޅުވާލައިގެން، އަރާއިރުންވެގަންނަ އަޑެއް ނީވެއެވެ.

މިއަދުގެ މަސްބެނުން މިދެންނެވި ގޮތާއި ތަފާތެވެ. މަސް ކައި އަރައިގެން، އަންނަވަގުތު ދޮށްޓެއް ހިފައިގެން އަރާ ދޯނީގެ ތެރެއަށް މަހެއް އެތެރެކޮށް ލެވޭތޯ އުޅެތެވެ. މިގޮތަށް އަވަސްކޮށް ގަތުމުގެ ނަތީޖާ އަކަށްވަނީ، ޖަހާފައި އެއްލާ މަހާ އެކު މަސްދިއުމެވެ. އޮޑި ދޮށުގައި ތިބި މަސް ދިއުމެވެ. ދޮށިހޫރަން ފުރިހަމައަށް ދަސްނުކޮށް އަވަސްކޮށް ޤަތުމުންލިބޭ އަނެއްގެއްލުމަކީ ދޮށި އޮޅުވާލައިގެން މަސްބާނަންދާ ވަގުތު ދޮށި ފިލުވަން ތިބެންޖެހުމެވެ. ވިއްސަކަށް ތިރީހަކަށް މަސް ބާނާ އިރުން ނުނީ ދެދޮށި ފިލުވައެއް ނުލެވެއެވެ.

ފެން އެއްލުމަކީ ދޮށިން މަސްބާނާއިރު ދޮށީގެ ބުޅި މަހަށް ފާހަގަ ކުރެވިދާނެތީ ކުރާ ކަމެކެވެ. ދޮށީގެ ބުޅިޖެހޭ ހަމައަށް ފެންފުޅަފިން ފެން އުކަމުން ގެންދާނެއެވެ. މިކަމަށް ކިޔާނީ ފެންއެއްލުން މިނަމުންނެވެ. މިކަމަށްވެސް ފަރުވާކުޑަވެ، ފެން ނޭއްލި މަސްގަތުން ކޮށިވުން މި ކަމަކީ ކުރަން ބޭނުން ނެތްކަމަކަށް ބައެއްމީހުން ދެކިއުޅެތެވެ. އެއީ ޖަޕާނު ވަރުލީ ބުޅީގައި މަސްބާނާ މީހުންނެވެ. މިހާރު ގިނަމީހުން ބޭނުންކުރަން އެދެނީ ޖަޕާނު ބުޅިއެވެ.

ދިވެހިން މަސްވެރިކަން ކޮށްއުޅުމަށް އަމިއްލަ އަތުން ހަދާ ތައްޔާރުކުރި ރުވާ މިޔަވާލި ތިމަރަރި ރާއްޖޭގައި ހަދާ ބުޅި، ރާއްޖޭގައި ބަނދެ އުޅުނު އެންދަމާ ދައު، އަދި މެދުރި ދައު އުވާލެވުނީއެވެ. ދޯނިފަހަރު ބަނުންވެސް ދާނީ މިގޮތަށް ބާވައޭ ހިތަށް އަރައެވެ. ދިވެހި މަސްވެރިކަމުގެވެސް ހުރިހާ ސާމާނެއް ބޭރުން ގެނެވޭ ތަކެތީގެ ތެރޭގައި ހިމެނުނީއެވެ.

މަސްދަރު: (1982، ރަސްއައިން މަޖައްލާ)
-މުޙައްމަދު އަބްދުލްޙަލީމް ރަތްވިލާ / ޅ. ނައިފަރު-
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ފެން އުކުން ޢައްމުކޮށް ކިޔާނީ.އެއްލުން ކިޔައިއުޅެނީ ދެކުނު ހިސާބު މީހުން.ތިގޮތްވެސް ނުބައެކޭނުން.

  2. ފެންއެއްލުން އުތުރުގެ އަތޮޅުތަކުގައިވެސް ކިޔަނީ ފެންއެއްލުން

Comments are closed.