268880292_440046170792380_3799958145950302324_n

ދަރިވަރުންގެ މަސްވެރިކަމުގެ ތަޖުރިބާ ދަތުރު ވަރަށް ކާމިޔާބު

ދަރިވަރުން މަސްވެރިކަމުގެ ތަޖުރިބާ ކުރުމަށް ކުރި ދަތުރު ވަރަށް ކާމިޔާބުތަކަށް ތ. އަތޮޅު ސްކޫލުން ބުނެފިއެވެ.

ތ. އަތޮޅު ސްކޫލްގެ ގްރޭޑް 9،10،11 އަދި 2ގެ ދަރިވަރުން ވަނީ މިދިޔަ އަނގާރަވަނަ ދުވަހު މަސްވެރިކަމަށް ފުރާފައެވެ. 4 ދޯންޏެއްގައި 41 ދަރިވަރުން މަހަށް ފުރި އިރު، މަސް ބާނައިގެން އަނބުރާ ރަށަށް އައީ އިއްޔެގެ ވަގުތުތަކުގައެވެ.

މި މަސް ދަތުރުގައި ދަރިވަރުން ގޮވައިގެން މަހަށް ފުރާފައިވަނީ އެރަށު އާއިލާ، މަލާފަތް-4، އޯޝަން ލައިފް އަދި ޔުނިޓީ ދޯންޏެވެ. މި ދަތުރުގައި އެ ސްކޫލްގެ އަންހެން އަދި ފިރިހެން ދަރިވަރުން ބައިވެރިވެފައެވެ.

މަސްވެރިން އެމްވީއާއި ވާހަަކަދައްކަމުން ތ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ޝާކިރު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ މަސްވެރިކަމަކީ އެކަމާއި ގުޅޭ ފުރިހަމަ މައުލޫމާތު ދަރިވަރުންނަށް އެނގެން ޖެހޭ ދާއިރާއެއް ކަމަށެވެ. އަދި ކިޔަވައި ނިންމައިގެން މަސްވެރިކަމަށް ކުދިން ނިކުތުމުގައި މިފަދަ ދަތުރުތަށް އެހީތެރިވެދޭނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.

އަދި ދަރިވަރުންނަށްވެސް މި ދަތުރުގައި ތަފާތު މާޙައުލަކުން ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަކަމަށް ޤަބޫލުކުރާ ކަމަށާއި، އެގޮތުން ދަރިވަރުން ވަނީ އެން ހިފުމުގަ އާއި، މަސް ބޭނުމުގައިވެސް ބައިވެރިވެފައިކަން ޝާކިރު ފާހަގަކުރެއްވިއެވެ.

ޝާކިރު ވިދާޅުވީ އެ ސްކޫލްގެ ވިސްނުން ހުރީ ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިފަދަ ދަތުރެއްް ސްކޫލްކުދިންނަށް ބޭއްވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!