Maduvareee

މ. މަޑުއްވަރީ މަސްވެރިންގެ މައުލޫމާތު ކައުންސިލުން އެއްކުރަނީ

މ. މަޑުއްވަރީ މަސްވެރިންގެ މައުލޫމާތު އެއްކުރުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

މަޑުއްވަރީ ކައުންސިލުން އާއްމުކުރި މައުލޫމާތެއްގައި ވާގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ދިވެހިރާއްޖޭގެ މަސްވެރިންގެ ދަފުތަރު އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އެ ދަފުތަރު އެކުލަވާލުމަށް ބޭނުންވާ، މަޑުއްވަރީ ދޯނިފަހަރުގައި އަދި ކުދި ޑިންގީފަދަ އުޅަނދު ފަހަރުގައި އެއްވެސް ބާވަތެއްގެ މަސްވެރިކަމެއްގައި ހަރަކަތްތެރިވާ މަސްވެރިންގެ މަޢުލޫމާތު ކައުންސިލާ ހިއްސާ ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އެ މައުލޫމާތު ތަކުގެ ތެރޭގައި ހިމެނެނީ، އެމީހެއްގެ ނަމާއި، އެޑްރެސް، އައިޑީކާޑު ނަންބަރ، ފޯނުނަންބަރ އަދި މަސްވެރިކަންކުރާ އުޅަނދުގެ ނަމާއި، ރަޖިސްޓްރީ ނަންބަރެވެ.

އެ މައުލޫމާތު ހިމެނޭގޮތަށް ލިސްޓް ކުރުމަށްފަހު، އަންނަ މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ކައުންސލަށް މެއިލް ކުރުން ނުވަތަ ވައިބަރ ކޮށްދެއްވުން އެ ކައުންސިލުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޚަބަރުގެ ފޮޓޯގައި އެވަރީ ރ. މަޑުއްވަރީގެ ފޮޓޮއެއް. މ. މަޑުއްވަރު އަދި ރ. މަޑުއްވަރި އަކީ ތަފާތު ދެ ރަށެއް.