ގދ. ރަތަފަންދޫ ރައްޔިތުންނަށް މިފްކޯއިން 20 ކޭސް ދަޅު މަސް ހަދިޔާކޮށްފިއެވެ.
މިއީ ރަތަފަންދޫގައި ހަލުވިކަމާއި އެކު ކޮވިޑުގެ ބަލިމަޑުކަން ފެތުރެމުންދިޔުމާއި ގުޅިގެން އެރަށު ކައުންސިލުގެ އެދުމުގެ މަތިން ވެދީފައިވާ އެހީއެކެވެ.
މިފްކޯގެ ފަރާތުން މަސް ދަޅު ކޭސްތަށް ގދ. ރަތަފަންދޫ ކައުންސިލާއި ހަވާލުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ އައިސްޕްލާންޓުންނެވެ. ރަތަފަންދޫގައި ހަލުވި ކަމާއި އެކު ކޮވިޑުގެ ބަލިމަޑުކަން ފެތުރެމުން ދާއިރު، ގިނަ އަދަދެއްގެ ގެތަކެއް ވަނީ ކަރަންޓީންކުރެވިފައެވެ. މިއާ އެކު ކެއިންބުއިމަށް ބޭނުންވާ ތަކެތި ހޯދުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
މިފްކޯއިން ދަނީ މިފަދަ ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މީގެ ކުރިންވެސް މިފަދަ އެހީތަށް ރާއްޖޭގެ އެކި ރަށްތަަކަށް ވަނީ ފޯރުކޮށްދީފައެވެ.



