ސަލާމަތްކުރި ވެލައެއްގެ ބަނޑުން 10 ބާވަތެއްގެ ޕްލާސްޓިކް

maxresdefault

ދަލެއްގައި ތާށިވެފައި އޮތްވާ ސަލާމަތްކުރި ޅަފުރައިގެ ވެލައެއްގެ ބަނޑުން 10 ބާވަތެއްގެ ޕްލާސްޓިކް ފެނިފައިވާ ކަމަށް އާޖެންޓީނާގެ މުންޑޯ މެރީނޯ ފައުންޑޭޝަނުން ހާމަކޮށްފިއެވެ. މި ވެލާ ސަލާމަތްކޮށްގެން ގެންގޮސްފައިވަނީ މުންޑޯ މެރީނޯ ފައިންޑޭޝަންގެ ރެސްކިއު އެންޑު ރިހެބިލިޓޭޝަން ސެންޓަރަށެވެ.

14 އިންޗީގެ މި ވެލާ ސަމާލަތްކޮށްފައިވަނީ މަސް ހިފަން ޖަހާފައިވާ ދާގަނޑެއްގައި ތާށިވެފައި އޮތްވާ ފެނިގެންނެވެ. ބަލާބެލުމަށް ބޭރުފުށުން އަދި އުޅޭ އުޅުމުގައިވެސް މި ވެލާގެ ސިއްޙީ އެއްވެސް މައްސަލައެއް އުޅޭ ކަމަށް ފާހަގަނުކުރެވުނު ނަމަވެސް، ރިހެބިލިޓޭޝަން ސެންޓަރަށް ގެނައި ފަހުން ކައިރި ކައިރީގައި ބޭރަށް ހިންގަން ފެށިއެވެ. އަދި އޭގެން ކޮންމެ ފަހަރަކު ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން ޕްލާންޓިކް ވަނީ ފެނިފައެވެ.

އެގޮތުން ފެނިފައިވާ ޕްލާސްޓިކްގެ ބާވަތްތަކުގެތެރޭގައި، ފުޅީގެ މަތިގަނޑުގެ އެތިކޮޅުތަކާއި، ދާ ގަނޑުގެ އެތިކޮޅުތަކާއި، ސެލޯފިންފަދަ ތަކެތި ހިމެނޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

މި ވެލާ އެ ސެންޓަރަށް ގެންގޮސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 18ވަނަ ދުވަހާއި ހަމައަށް 17 ގުރާމްގެ ޕްލާންޓިކްވަނީ ބޭރުކޮށްފައެވެ. ވެލާގެ އެކްރޭ ތަކުންނާއި ބްލަޑު ޓެސްޓުތަކުން ދައްކާގޮތުން ގައިގެ ފެންވަނީ ވަރަށް މަދުވެފައެވެ. އަދި ގިނަ އަދަދަކަށް ވައިޓް ބްލަޑު ސެލް ކައުންޓުވެސް ހުރި ކަން ވަނީ ފާހަގަކުރެވިއެވެ.

ތޫނު އެއްޗެހިވެސް ބޮޑު ކަމުދިޔަ ތަކެތީގެ ތެރޭގައި ހިމެނޭތީ، ވެލާގެ ހަށިގަނޑުގެ އެތެރެއަށް އަނިޔާ ލިބިފައިވުން އެކަށީގެންވާ ކަމަށް ރިހެބިލިޓޭޝަން ސެންޓަރުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔަހާ ގިނަ ވައްތަރު ޕްލާސްޓިކް ކައިފާ ތިހިރީ ވެލައަށް ޕްލާސްޓިކް މީރުވީމައެވެ. ރަގަޅުވާނީ މީރު އެއްޗެއް ކާންދިނިއްޔާއެވެ.

ފަހުގެ