މިފްކޯއިން މި އަހަރުތެރޭ ކާމިޔާބު ކަމާއެކު 6 ޕްރޮޖެކްޓެއް ނިންމާލައިފިއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު އައިސްޕްލާންޓް ގާއިމުކޮށް ހިދުމަތް ދޭން ފެށުމާއި ދެ ބޯޓަކުން ހިދުމަތް ދޭން ފެށުމެވެ.
މިފްކޯއިން މި އަހަރު ހިފުމަތް ދޭންފެށީ ހއ. ހޯރަފުށީގައި ގާއިމު ކުރި އައިސްޕްލާންޓުންނާއި ރ. މަޑުއްވަރީ އައިސްޕްލާންޓްގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އައިސްޕްލާންޓް އަދި ކ. ގާފަރު އައިސްޕްލާންޓެވެ. މި ހަތަރު އައިސްޕްލާންޓްވެސް ހުޅުވާފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމުގައިވާ ޑިސެމްބަރު 10 ގައެވެ.
މިފްކޯއިން ހިދުމަތް ދޭން ފެށި ދެ ބޯޓަކީ، 2400 ޓަނުގެ ސްޓޯރޭޖްގެ 'ޖަޒީރާ ރީފަރ' ބޯޓާއި 370 ޓަނުގެ ސްޓޯރޭޖުގެ 'ޖަޒީރާ 102' ބޯޓެވެ. މިއަދު މިފްކޯގެ ޖަޒީރާ 102 ވަނީ މަސް ގަންނަން ފަށާފައެވެ.
ގާފަރު، މަޑުއްވަރީ އަދި ހޯރަފުށީ ގައި ސަރުކާރުން ޤާއިމް ކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓްތަކެކެވެ. ފެލިވަރުގައި ގާއިމު ކޮށްފައި ވަނީ 50 ޓަނުގެ އައިސްޕްލާންޓެކެވެ.



