މަސްވެރިކަން ތަޖުރިބާ ކުރަން ނިލަންދޫ ސްކޫލު ކީ ސްޓޭޖް 1 ގެ ކުދިން ހަނދުވަރީ ދޯންޏަށް ޒިޔާރަތެއް ކޮށްފިއެވެ.
ގްރޭޑް 1،2،3 ގެ ކުދިން ގޮވައިގެން މި ކުރެވުނު ދަތުރު ނިންމާލުމަށްފަހު ނިލަންދޫ ސްކޫލުން ބުނީ، ދޯނީގެ ފަޅުވެރިންނާ ވެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
"(ދަތުރުގެ ބޭނުމަކީ) މަސްވެރިކަން ކުރަން ބޭނުންކުރާ އާލާތްތަކާ އެ މަސައްކަތް ކުރެވޭތޮގް ތަޖުރިބާ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައި ދިނުމުގެ ގޮތުންނާއި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކީ ސްޓޭޖް 1 ގެ ދަރިވަރުން ހަނދުވަރީ އެމްވީ ދޯންޏަށް ގެންދިއުން،" ސްކޫލުން ބުންޏެވެ.
ހަނދުވަރީ ދޯނީގެ ފަރާތުން ނިލަންދޫ ސްކޫލު ކުދިންނަށް އެ ދޯނީގެ ތަންތަން ވަނީ ދައްކާލާފައެވެ. އަދި ދޮށީގެ މަސްވެރިކަން ކުރާނެ ގޮތާއި ދުރުމި ބެލުމާއި ޑައިވިނަށް ދާއިރު ބޭނުންކުރާ ތަކެތި ބޭނުންކުރާނެ ގޮތް ފަދަ ކަންކަން ވަނީ އޮޅުންފިލުވައިދީފައެވެ.
މަސްވެރިކަން ތަޖުރިބާ ކުރުމަށްޓަކައި ތ. އަތޮޅު ސްކޫލްގެ ގްރޭޑް 9،10،11،12 ގެ ދަރިވަރުން ވަނީ މަސްވެރިކަން އަމަލީގޮތުން ތަޖުރިބާ ކޮށްލުމަށް މަހަށް ގޮސްފައެވެ.
މިއީ މިފަދަ ފުރަތަމަ ދަތުރު ކަމަށާއި އެ ސްކޫލްގެ ވިސްނުން ހުރީ ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިފަދަ ދަތުރެއްް ސްކޫލްކުދިންނަށް ބޭއްވުން ކަމަށް އެރަށު ސްކޫލު ޕްރިންސިޕަލް ވިދާޅުވިއެވެ.



