Shortfin mako

ވޮށިމަސް މިޔަރު

ވޮށިމަސްމިޔަރަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި އަތޮޅުން ބޭރު ކަނޑުތަކުގައި އުޅޭ މިޔަރެކެވެ.

މިޔަރުގެ ތެރެއިން އިންސާނާއަށް އެންމެ ނުރައްކާތެރި ބާވަތްތަކުގެ ތެރޭގައި މިމިޔަރު ހިމެނޭތީ ރާއްޖޭގެ މަސްވެރިންގެ ތެރޭގައި މިއީ ވަރަށް މަޝްހޫރު މިޔަރެކެވެ. މިމިޔަރަކީ ވަރަށް ނުރައްކާތެރި، އަދި އެސޮރަށް ގޯނާ ނުކުރާ ފަހަރުފަހަރުވެސް ޙަމަލާދޭ. އިންސާނުންނަށް ބިރުހުރި މިޔަރެކެވެ. މިއީ އާދަޔާ ޚިލާފު ބާރުމިނެއްގައި ދަތުރުކުރާ. ކޮޅަށް އޫކޮށް ހުންނަ ތުންގަޑެއް ލިބިފައިވާ ހިމަތޮޅި މިޔަރެކެވެ. މިޔަރުގެ އަނގަބޮޑުވެފައި މަދު ޢަދަދެއްގެ، އެހެނަސް ވަރަށް ވަރުގަދަ ދަތްތަކެއް އެގޮތްމިގޮތަށް ހުރެއެވެ. މިޔަރުގެ ބުރަކަށިމަތީގެ ދެވަނަ އުރަހަ ފުރަތަމަ އުރަހައަށްވުރެ ވަރަށްބޮޑުތަން ކުޑައެވެ. މިޔަރުގެ ނިގޫފަތް ހުންނަނީ ހަނދުފަޅިބުރަށް ކަފިކޮށެވެ. މަހުގެ ކަންފަތު އުރަހައިގެ ދިގުމިން ބޮލުގެ ދިގުމިނަށްވުރެ ކުރެވެ. މިމިޔަރު އެންމެ ބޮޑުވަނީ 4 މީޓަރަށެވެ.މިމިޔަރު ވިހާ ކޮންމެ ފަހަރަކު 2 އާއި 16 އާ ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހައެވެ.

މިމިޔަރުގެ މަހަކީ މިޔަރުގެ މަހުގެ ތެރޭން ކެއުމަށް އެންމެ މީރު މަސްކަމުގައި ބެލިފައިވެއެވެ. މިބާވަތުގެ މިޔަރު ގިނައިން ހިފާފައި ހުންނަނީ ދަލުގައި ޖެހިގެނާއި ލޭނުއަޅައިގެންނެވެ. މިމިޔަރުގެ ކާނާއަކީ އައިން ހަދައިގެން އުޅޭ ލައްޓި، ރާގޮނޑިފަދަ މަސްމަހެވެ. އަދި ބައެއްފަހަރު ކަނޑުމަހުގެ ބާވަތްތަ އަތްތަކާއި، ހިބަރުގެ ބާވަތްތަކަށް މަދޭކަމަށްވެއެވެ. މިމިޔަރުގެ ބުރަކަށިމަތީގެ ކުލައަކީ ނޫއަޅިކުލައެވެ. ބަނޑުދަށްފަރާތުގެ ކުލައަކީ ހުދުކުލައެކެވެ.

އިނގިރޭސި ނަން: Shortfin mako

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!