Shainee

ކުރީގެ ފިޝަރީޒް މިނިސްޓަރު ޝައިނީވެސް ހުސްވަގުތުގައި މަސްވެރިކަމަށް

މަސްވެރިކަމަކީ އެއްބަޔަކު އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެކެވެ. އަދި އަނެއްބަޔަކު ހިތްހަމަޖައްސާލައި ހިތް އުފާކޮށްލަން ވެސް ކުރާ ކަމެކެވެ.

އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެކަކީ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. ވަޒީފާގެ ބުރަކަން ފިލުވާލައި 'ހޮބީ'އެއްގެ ގޮތުން ޝައިނީ ކުރައްވަނީ މަސްވެރިކަމެވެ. ޝައިނީގެ އިންސްޓަގްރާމް އެކައުންޓް ބަލައިލުުންވެސް، މަސްވެރިކަމާއި ޝައިނީގެ ހިތްޕުޅާއި ގުޅިފައިވާ މިންވަރު ދޭހަވާނެއެވެ.

ފަރުމަހާއި ކަނޑުމަހުގެ މަސްވެރިަމުގައިވެސް ޝައިނީއަކީ މިހާރު ކެޔޮޅެކެވެ. ލައްޓިއާއި ރާގޮނޑި ބާނާފައިވާ ފޮޓޯތަކާއި ރަތް މަހާއި ހަނދި ބާނާފައިވާ ފޮޓޯތައްވެސް ޝައިނީގެ އިންސްޓަގްރާމް އެކައުންޓްގައި ވަނީ ހިއްސާ ކުރައްވާފައެވެ.

މީގެކުރިން މަސްވެރިކަމަކީ ގިނައިން 'ކާފަމެން އުމުރުގެ' މީހުން ކުރަމުން ދިޔަ މަސައްކަތެކެވެ. ނަމަވެސް ޒަމާން ބަދަލުވެ، އެންމެ ޒުވާން މީހާއިން ފެށިގެން ވެސް މަސްވެރިކަން ކުރެއެވެ. ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި މިހާރު މަސްވެރިކަމަކީ ވަރަށް މަގުބޫލު ކަމަކަށް ވެއްޖެއެވެ. ފަހުރުވެރިކަމާއެކު ؛އަހަންނަކީ މަސްވެރިއެކޭ' ބުނަން ފަށައިފިއެވެ. އެހެންކަމުން މަސްވެރިކަމުުގެ ޖީލު ފެންނަނީ އުޖާލާކޮށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!