މިފްކޯއިން އަލަށް ގެނައި މަސްކިރާ ބޯޓު މާލޭ ބަނދަރުގައި/ ފޮޓޯ: މިފްކޯ
މިފްކޯއިން އަލަށް ގެނައި މަސްކިރާ ބޯޓު މާލޭ ބަނދަރުގައި/ ފޮޓޯ: މިފްކޯ

މިފްކޯގެ މަސް ބޯޓުތަކަށް ޑެކްކްރޫއިން ހޯދަނީ، މުސާރަ މަހަކު 10040 ރުފިޔާ

މިފްކޯގެ މަސް ބޯޓުތަކަށް 19 ޑެކްކްރޫވއިން ހޯދަން އިޢުލާންކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ބުނީ އެކުންފުނީގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ފްލީޓަށް 10 ޑެކްކުރޫވ އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ފްލީޓަށް 9 ޑެކްކުރޫވ އިން ބޭނުންވާ ކަމަށެވެ. މި މަޤާމުގެ މުސާރައަކީ މަހަކު 10040 ރުފިޔާއެވެ.

ވަޒީފާގެ ޝަރުތުތަކަކީ ގިނަވަގުތު މަސައްކަތް ކުރެވޭ ސިއްހަތު ރަނގަޅު ފަރާތެއްކަމުގައިވުމެވެ.

މި މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ބޯޓުފަހަރުގެ ޑިއުޓީ އަދާކުރުމެވެ. އަދި ގަންނަ މަސް ބަރުކުރުމާއި މަސް ހުސްކުރުމުގެ އިތުރުން އައިސް ނެގުމާއި އައިސް ކިރުން އަދި ބޯޓުގައިކުރަންޖެހޭ އެހެނިހެން މަސައްކަތްތަކެވެ.

މިފްކޯއިން ބުނީ މި މަޤާމަށް މީހަކު ހޮވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް ބާއްވާ އިންޓަވިއުއަށް ފަހުގައި ކަމަށެވެ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!