FHyV0ygVcAMWrCu

ކަނޑައިގެން ގޮސްފައިވާ 5 ކަނދުފައްޗެއް އަލުން ހަރުކުރަނީ

ކަނޑައިގެން ގޮސްފައިވާ 5 ކަނދުފައްޗެއް އަލުން ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ މަސްކަނދުފަތިތަކުގެތެރެއިން ކެނޑައިގެންގޮސްފައިވާ 5 ކަނދުފައްޗެއް ހަރުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އެގޮތުން ހއ.ފިއްލަދޫ، މ.މަޑުއްވަރީ، ދ.ހުޅުދެލި، އަދި ގއ.ދެއްވަދޫ އަދި ފުވައްމުލަކު ސިޓީގައި ދޮށީގެ މަސްވެރިންނަށް ދޮށި މަސްކަނދު އެޅުމުގެ ދަތުރު ފިޝަރީޒްގެ ކަނދުފަތިޓީމުން މިއަދު ފަށާފައިވާ ކަމަށެވެ.

އަދި މި ދަތުރުގައި މިނިސްޓްރީގެ ޓީމުން ހއ.ފުޅަދޫ ފުށޮޅުގައި ވަދުމަސްވެރިކަމަށް ކަދުފައްޗެއް އެޅުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!