މަޑުމިޔަރަކީ ރާއްޖޭގެ މަސްވެރިން ދަންނަ މަޝްހޫރުމިޔަރެކެވެ.
މިއީ އަތޮޅު ބޭރުން އައިން ބާނާ މިޔަރެކެވެ. 91 މީޓަރަށްވުރެ ފުނުގައެވެ. ނަމަވެސް 1875 މީޓަރު ފުނުގައިވެސް މަޑުމިޔަރުއުޅެއެވެ. ޢާއްމުގޮތެއްގައި އުޅެނީ މިބާވަތުގެ ޅަމިޔަރު އަތޮޅާއި ގާތުގައި އުޅެއެވެ. މިބާވަތުގެ މިޔަރުގެ މޭގަޑުގެ ތެލަކީ ދިވެހިން އޮޑިދޯނިފަހަރަށް އެޅުމަށް ބޭނުންކުރާ އެއްޗެކެވެ. ވުމާއެކު މިއީ ދިވެހިން އޭގެ މައްޗަށް ޚާއްސަ މަސްވެރިކަމެއް ކޮށްގެން. އާދެ! "މަޑުމިޔަރު ކެޔޮޅުކަން" ކޮށްގެން ބާންބާވެތެކެވެ.
މަޑުމިޔަރަކީ ބިޔަ، ބަރުހެލި ހަށިގަޑެއް ލިބިފައިވާ މިޔަރެކެވެ. މަހުގެ ލޯ ކުޑައެވެ. ބޯމަތިވެފައި އަނގަމަތި ވަށްވާނެއެވެ. މިމިޔަރުގެ ބުރަކަށިމަތީގައި ހުންނަނީ އެންމެ އުރަހައެކެވެ. މަހުގެ ތިރީ ހިރުގަޑުގައި 6 ބަރިއަށް ހުންނަ ދަތްތަކެއް ހުރެއެވެ. މި ދަތްތަކުގެ އެތެރެ ކައިރިފަށް ހުންނަނީ ރާޅުކޮށެވެ. މަޑުމިޔަރުގެ ކުލައަކީ ގަދައަޅިކުލައެކެވެ. މިބާވަތުގެ މިޔަރު ގާތްގަޑަކަށް 4.8 މީޓަރަށް ބޮޑުވާކަމަށްވެއެވެ. މަޑުމިޔަރު ވިހާ ކޮންމެ ފަހަރަކު 22 އާއި 108 އާ ދެމެދުގެ ޢަދަދަކަށް ޅަމިޔަރު ވިހައެވެ. މަޑުމިޔަރުގެ ކާނާއަކީ އެހެނިހެން މަސްމަހާއި، މިޔަރާއި މަޑިއެވެ.