ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނދުފައްޗެއް އަޅައިފިއެވެ.
މިކަން ހާމަކޮށް، ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އަޑިއަށް ފެތުނު ކަނދުގެ ބަދަލުގައި އައު ވަދުމަސްކަނދުފައްޗެއް ހއ. މުޅަދޫގެ 1.5 މޭލު ދެކުނު ސަރަޙައްދެއްގައި މިހާރު އަޅާފައިވާ ކަމަށެވެ.
މި ކަނދުގައި ލައިޓެއްވެސްވަނީ ހަރުކޮށްފައެވެ. މިއީ ދަތުރުފަތުރު ކުރުމުގެ ސަލާމަތައްޓަކައި ހަރުކޮށްފައިވާ ލައިޓެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރުދަނީ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަށް ހަރުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން އެފަދަ 5 ކަނދުފައްޗެއް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން
ފިޝަރީޒް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ މަސްކަނދުފަތިތަކުގެތެރެއިން ކެނޑައިގެންގޮސްފައިވާ ހއ.ފިއްލަދޫ، މ.މަޑުއްވަރީ، ދ.ހުޅުދެލި، އަދި ގއ.ދެއްވަދޫ އަދި ފުވައްމުލަކު ސިޓީގައި ދޮށީގެ މަސްވެރިންނަށް ދޮށި މަސްކަނދު އެޅުމުގެ ދަތުރު ފިޝަރީޒްގެ ކަނދުފަތިޓީމުން މިހާރު ފަށާފައިވާ ކަމަށެވެ.



