ބޯވަ ނަގަން މޫދަށް އެރުނު މީހަކު ގެއްލިގެން ކޯސްޓު ގާޑުން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ކ. ގުޅީފަޅު ކައިރިއަށް ބޯވަ ހިފަން އެރުނު ހދ. ކުމުންދޫ އަރާއިރު 21 އަހަރުގެ ޝްރޭހު ހަސަން މިއަދު ހެނދުނުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން އަންނަނީ ކުރަމުންނެވެ.
ޝުރޭހު އެންމެފަހުން ލައިގެންހުރީ އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެސް އެމްއެންޑީއެފުން ބުނެއެވެ.
އެކަނި މަސްވެރިކަމަށް ނުކުންނަ ފަރާތްތަކަށް މީގެ ކުރިންވެސް ނުރައްކާތެރި ހާދިސާތައް ދިމާވެފައިވެއެވެ.