attachment-Fish-raining-down-in-T-town-JimWeaver1

ޓެކްސަސްއަށް ކުރި ވިއްސާރައިގައި 'މަހުގެ ވާރޭ' ވެހިއްޖެ

އެމެރިކާގެ ޓެކްސަސްއަށް ކުރި ވިއްސާރައިގައި 'މަހުގެ ވާރޭ' ވެހިއްޖެއެވެ.

މި ނިމުނު ހަފްތާތެރޭ ހިނގި މި ހާދިސާގައި ގިނަ އަދަދެއްގެ މަސް ވަނީ ވާރޭއާއި އެކު އުނޑުން ފައިބާފައެވެ.

މަންޒަރުދުއް ބައެއް މީހުން ބުނާގޮތުގައި ވާރޭ ވެހުނު ގަޑީގައި ބާރުގަދަ އަޑުތަކެއް އިވެން ފެށުމުން ބޭރަށް ނުކުމެ ބަލާލިއިރު، އުނޑުން މަސް ފައިބަމުން ދިޔަ ކަމަށެވެ. ވާރެއާއި އެކު އުޑުން ފޭބި މަސްތަކުގެ ބޮޑު މިނަކީ 5 ވަރަކަށް އިންޗިއެވެ. މިއީ ކުދި ވައިޓް ބާސް ބާވަތުގެ މަސްތަކެކެވެ.

ވާރެއާއި އެކު އުޑުން މަހުގެ ބާރޭ ވެހުމުގެ ހާދިސާތައް މީގެ ކުރިންވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި އެބަހުއްޓެވެ. ސައިންސްވެރިން ބުނާ ގޮތުގައި މަހުގެ ވާރޭ ވެހެން މެދުވެރިވާ ސަބަބަކީ ތިލަ ކޯރުތަކާއި ދިމާލުގައި އެނބުރޭ ވައިރޯޅި އުފެދި އެ ކޯރުގައި ހުންނަ ހުރިހާ އެއްޗެއް ވާރޭ ވިލާތަކުގެ ތެރެއަށް ދަމައިގަތުމުން ކަމަށެވެ.  އަދި އެހެން ދަމައިގަންނަ އިރު، މޫދުގައި އުޅޭ މަހާއި ވެނާ ބޮއް ފަދަ އެއްޗެހި ވެސް ދަމައިގަންނެއެވެ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!