ރެއްސަކީ ދިވެހި ކަނޑުމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭއެމުގެތެރޭން ވަރަށް ޚާއްސަކަމެއް ދެވިފައިވާ މަހެކެވެ.
ރާއްޖޭގެ ވަރަށްގިނަ ފަޅުފަޅަށާއި ފަރުފަރަށް ރެހި އަރައެވެ. އެއްސަކީ ވަރަށް ފަސޭހައިން ދެމޭ ތިލައިގައިއުޅޭ އެންމަހެކެވެ. ރާއްޖެތެރޭގައި ރެހި ކައްކާ ހިއްކައިގެން ކެއުމަށް ބޭނުންކޮށް އުޅެއެވެ. އެންވެރިކަމުގައި ރެއްސަކީ އެހެނިހެން އެއާ ޚިލާފަށް ގިނައިން ހިފަންޖެހޭ ބާވަތަކަށްވަނީ ވެފައެވެ. ސަބަބަކީ މަހަށްދާއޮޑީގައި ދިރުވާފައި ބައިތިއްބުމުން އަވަހަށް މަރުވާއެމަކަށް ވާތީއެވެ. މިއީ އެކި މޫސުމަށް އެކި މިންވަރަށް އަރާ އެމެކެވެ. ރާއްޖޭގެ އިރުމަތީ ބިތުގައި މިއެން ގިނައިން އަރާއުޅެނީ ހުޅަނގު މޫސުމުގައެވެ. ހަމަ މިއާއެކު ހުޅަނގުބިތައް މިއެން ގިނައިން އަރާއުޅެނީ އިރުވައި މޫސުމުގައެވެ. ރެހި އެންމެ ބޮޑުވަނީ 9.5 ސެންޓިމީޓަރަށެވެ.
ރެއްސަކީ ހިމަދިގުކޮށް ރިހިރެދަން ކުލައިގައި ހުންނަ ކުދިމަހެކެވެ. ނަމަވެސް މަހުގެ މަތީބައިގެ ކުލައަކީ ގަދަނޫކުލައެވެ. މަހުގެ އަރިމަތީގައި ފުޅާކޮށް ދިގަށް ރިހި ކުލައިގެ ދަޅައަޅާ ފުޅާރޮނގެއް ހުރެއެވެ. މަހުގެ ކަންފަތްގަޑު މަހުގެތުނބުން ފެށިގެން ލޮލުގެ ފަހަތުކައިރިއަށް ހުންނަ ދިގުމިނަށްވުރެކުރެވެ. ހުޅުނބުތައް މަހުގެ ނިސްބަތުން ބޮޑެތިވެފައި އަދި ބުންޏެވެ. މަހުގެ ކާނާއަކީ ކުދި ފަނިފަކުސައެވެ.
އިނގިރޭސި ނަން: Silver sprat