Maandhoo Vessel

މާދަމާއިން ފެށިގެން ދޯންޏަކުން 5 ޓަނު މަސް ކިރާގޮތަށް މާންދޫއިން ހަމަޖައްސައިފި

މާދަމާ އިން ފެށިގެން މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ހުރިހާ ދޯންޏަކުން 5 ޓަނުގެ މަސް ކިރާނެކަމަށް ހޮރައިޒަން ރިޝަރީޒްއިން ހާމަކޮށްފިއެވެ.

ހޮރައިޒަން ފިޝަރީޒްއިން ހިންގާ މާނދޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކޮށްފައިވާ އިޢުުލާނެއްގައި ބުނެފައިވަނީ މިދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ މާންދޫގެ ސްޓޯރޭޖްތަށް ފުރެމުންދާތީ، މިދިޔަމަހުގެ 23ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ގަންނަމުން ދިޔައީ ދޯންޏަކަށް ދުވާލަކަށް 5 ޓަނު މަސްކިރޭގޮތަށް، ޖުމްލަ 90 ޓަނުގެ މަސް ކަމަށެވެ.

އެހެން ނަމަވެސް މަސް ގަތުން މިގޮތަށް އޮތުރުން މަސް ކިރުމުގެ ފުރުސަތު ބައެއް ދޯނިތަކަށް ނުލިބޭތީ ހަމަހަމަ ފުރުސަތުތަށް ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ދޯންޏަކުން 5 ޓަނުގެ މަސް ކިރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ހޮރައިޒަން އިން ނެރުނު އިއުލާނުގައި އިތުރަށް ބުނެފައިވަނީ 1.5 ކިލޯއިން ދަށުގެ އައިސްކޮށްފައިވާ މަސް ގަންނާނީ 5.50ރ އަށް ކަމަށާއި އަދި އައިސް ނާޅާ މަސް ގަންނާނީ 5.15ރ އަށް ކަމަށެވެ. އަދި 1.5 ކިލޯއިން މަތީގެ މަސް ގަންނަމުންދާނީ މިހާރުވެސް ގަންނަ އަގަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!