IMG_0049

މިއަހަރުގެ އަމާޒަކީ ބާނާމަސް ގަނެ، މަހަށް ހަމައަގު ހޯދައިދިނުން: މިނިސްޓަރ

މިއަހަރުގެ އަމާޒަކީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެ، މަސްވެރިންނަށް ހަމަައަގު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުންކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގެރިކަލްޗަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް މަސައްކަތް ކުރުންކަމަށާއި އަދި ނިމިގެން ދިޔަ އަހަރުވެސް އެމަސައްކަތް ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މަސްވެރިން ބާނާ މަހަށް ހަމަައަގު ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން މި އަހަރުތެރޭ ކުރައްވަން އަމާޒު ހިފާފައިވާކަމަށާއި އަދި މަސްވެރިން ބާނާމަސް ގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރުން ކަމަށް މިނިސްޓަރ ފާހަނގަކުރެއްވިއެވެ.

މިދުވަސްވަރަކީ ރައްޖެއަށް މިއިން ޒަމާނަކުވެސް މަސްވެރިކަން ރަގަޅުނުވާހާ ބޮޑަށް މަސްވެރިކަން ރަގަޅު ދުވަސްވަރެއްކަން ފާހަނގަ ކުރައްވަމުން، މިނިސްޓަރ ވިދާޅުވީ މަސް ގަނެ ފްރީޒް ކުރުމުގައި މަސްކުންފުނިތަކަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި މިހާރިވެސް ކުންފުނިތަކުން މަސްގަންނަމުން އެދަނީ ބޯޓު ފަހަރާއި އެކުވެސް އެ ކުންފުނިތަކުގެ "ބްރައިން ފްރީޒް" ކެޕޭސިޓީއަށްވުރެ އިތުރަށް ކަމަށެވެ.

"ރާއްޖޭގެ އުތުރުގަވެސް އިރާދަކުރެއްވީތީ މަސްވެރިކަން ރަގަޅު. ރާއްޖޭގެ ދެކުނުގަވެސް މަސްވެރިކަން އިރާދަކުރެއްވީތީ އެހާ ރަގަޅު. މިހާ މަސްވެރިކަން ރަގަޅު އިރު ޚާއްސަކޮށް ދެކުނުގަ މިފްކޯއިން ކޮންޓްރޯލެއް އެބަ ގެންގުޅުއްވ.ާ ހޮރައިޒަންއިންވެސް އެބަ ގެންގުޅުއްވާ ކޮންޓްރޯލެއް" ޑރ. ހުސައިން ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ނިމިގެން ދިޔަ އަހަރުވެސް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަމަށާއި އަދި މިއަހަރުގެ އަމާޒަކީ މަސްވެރިކަން ރަގަޅު މޫސުމުގައި މަސްވެރިން ބާނާމަސް ކޮންޓްރޯލް ކުރުމެއްނެތި ގެނެވޭނެ އިންތިޒާމްކުރުމަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޟިނިސްޓަރަށް މިހުރިހާދުވަސް ވެގެންދިޔައިރު މަސްވެރިން ތިބިކަމެއް ނުވެސް އެގުނު މިހާރު ތި މަސްވެރިން ފެންނަން ފެށީ ދުވަސް ކައިރިވަނީ ދޯ ތީ ދަންނަކަމެއް..