މާދަމާއިން ފެށިގެން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އަދި ކޫއްޑޫގެ ބޯޓު ފަހަރުތަކަށް ކޮންޓްރޯލް އެއް ނެތި މަސް ގަންނަމުން ދާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ސެންޓަރުތަކަށް ބާރު ބޮޑުވުމުން، މިފްކޯއިން މަސް ގަންނަމުން އައިސްފައިވަނީ ކޮންޓްރޯލްކޮށްގެންނެވެ. އެގޮތުން އެންމެ ފަހުން ކޫއްޑޫއިން މަސް ގަންނަމުން އައިސްފައިވަނީ ދޯންޏަކުން 8 ޓަނުގެ މަހެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތަށް ބަލައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކޮންޓްރޯލްކުރުމުކާއި ނުލައި މަސް ގަތުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން ބުނީ އަދިވެސް އައްޑޫ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ދުވާލަކު ގަންނަމުންދާނީ 50 މެޓްރިކް ޓަނުގެ މަސް ކަމަށެވެ.
އެއީ އެތަނުގައި މަސް ރައްކާކުރުމުގެ ޖާގަ ފުރުމާއި ކައިރިވަމުންދާތީ ކަމަށް މިފްކޯއިން މީގެކުރިން ބުނެފައިވެއެވެ.