FBE084AE-7965-4C4E-9D86-FAD301D0B8C7

ތިރީހަށްވުރެ ގިނަ ވެލާ އަނބުރާ މޫދަށް

އިންޑޮކޭޝިއާގައި ޤަވާއިދާ ހިލާފަށް ހިފާފައިވާ ތިރީހަށްވުރެ ގިނަ ވެލާ އަނބުރާ މޫދަށް ދޫކޮށްލައިފިއެވެ.

އިންޑޮކޭޝިއާގެ ބާލީގެ ކަމާއި ގުޅޭ ވުޒާރާތަކުން މިދިޔަ ޑިސެމްބަރުމަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޤަވާއިދާ ޙިލާފަށް ހިފައިގެން އުޅެނިކޮށް އަތުލައި ގަނެފައިވަނީ 33 ވެލައެވެ.

މި ވެލާތަށް އަނބުރާ މޫދަށް ދޫކޮށްފައިވާއިރު، މި މަންޒަރު ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކުވަނީ ބީޗަށް އެއްވެފައެެވެ. ޓޫރިސްޓުންގެ ބޮޑު ސަމާލުކަމެއް މި ހަރަކާތަށްވަނީ ލިބިފައެވެ.

އިންޑޮނޭޝިއާ ވެފައިވަނީ ވެލާ ހިފުމާއި، ޤައުމުން ބޭރަށް މި ތަކެތި އެކްސްޕޯޓުކުރުމުގެ ހަބަކަށެވެ. އެގޮތުން އެންމެ ގިނައިން އިންޑޮނޭޝިއާއިން ޤަވާއިދާ ހިލާފަށް މިތަކެތި ވަގަށް އެކްސްޕޯޓުކުރާ ޤައުމުތަކަކީ މެލޭޝިއާ އާއި، ވިއެޓްނާމް އަދި ޗައިނާއެވެ.


އިންޑޮނޭޝިއާގެ ޤާނޫނު ބުނާގޮތުގައި ވެލާގެ މިފަދަ ވިޔަފާރިކުރާ ފަރާތްތަކަށް އަޅާ ފިޔަވަޅަކީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

އެކި ބޭނުން ތަކުގައި ވެލާ ހިފުން ދުނިޔޭގައި އާއްމުވެފައިވާއިރު، މި ތަކެތީގެ އާބާދީއަށްވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އަދި ކަނޑުތަކަށް އުކާލާ ޕްލާސްޓިކާއިއެކުވެސް ވެލާއަށާއި ކަނޑުގެ އެހެން ދިރުންތަކުގެ ފުރާނައަށްދަނީ ނުރައްކާވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!