Fish sampling

ރަށްރަށުގައި ބާނާ ފަރުމަހުގެ މައުލޫމާތު އެއްކުރަނީ

ރަށްރަށުގައި ބާނާ ފަރުމަހުގެ މައުލޫމާތު އެއްކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓުން ފަށައިފިއެވެ.

މަސްވެރިންގެ ފަރާތުން، މަސްވެރިންގެ މައުލޫމާތާއި، އެދުވަހު އެބާނައިގެ ގެނައި މަހުގެ ބާވަތާއި، މިން އެޅުމާއި، ޖުމްލަ ކިރުވަނީ ކިތައް ކިލޯގެ މަސްކަން ހިމެނޭގޮތަށް ތަފާތު އެކި މައުލޫމާތުތަށް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.

މިހާރު ކުރެވުމުންދާ މަސައްކަތުގެ ދަށުން، ފަރުމަސް ސަޕްލައި ކުރާ ފަރާތްތަކާއި ގުޅިގެން ފަރުމަހުގެ މައުލޫމާތު މެރިން ރިސަރޗު އިންސްޓިޓިއުޓް މުވައްޒަފުން ގޮސް މައުލޫމާތުދަނީ އެއްކުރަމުންނެވެ. މި މަސައްކަތް މިހާރަށްވުރެ ފުރިހަމައަށް އަދި ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި މައުލޫމާތު އެއްކުރުމަށް ރަށްރަށުން މުވައްޒަފުން ހޮވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަރުމަސްވެރިކަމަށް އަންނަ ބަދަލު ދެނެގަތުމާއި، މަސްވެރިކަމުގައި ބޭނޭ އެކި ބާވަތްތަކުގެ މަސްތަކަށް އަންނަ ބަދަލުތަކާއި ސައިޒަށް އަންނަ ބަދަލުތަކާއި، މިފަދަ މައުލޫމާތުތައް އެއްކުރުން ކަމަށް މެރިން ރިސަރޗު އިންސްޓިޓިއުޓުން މައުލުމާތުދެއެވެ.

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގާ، މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޕެޓްރޯލުކޮޅު ނުލިބޭ! ބޭނޭ މަހައް ރަނގަޅު އަގެއް ނުލިބޭ! ސަރުކާރަށް ހުރިހާ ބާރުތަކާއެކުވެސް ވާކަމެއް ނޯވޭ! އެހެޔޮ ކޮނރ ބަޔަކު ވެރިކަމުގަ ތިއްބަސް! ގަޔަށް ސީ ލިއްޔާ މާ ތާހިރުވާނެ!