Kooddoo Jetty

15 އަހަރުތެރޭ މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ގަނެފައިވަނީ މިދިޔަ އަހަރު: މިފްކޯ

ފާއިތުވީ 15 އަހަރުތެރޭ މިފްކޯއަށް އެންމެ ގިނަ އަދަދަކަށް މަސް ގަނެފައިވަނީ މިދިޔަ އަހަރު ކަމަށް މިފްކޯގެ ސީއީއޯ އިސްމާއުލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިދިޔަ މަހު އެކަނިވެސް 10948 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ. އެހެން ކަމުން މިދިޔަ އަހަރަކީ ފާހަގަކޮށްލެވޭ އަހަރެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

" މިދިޔަ އަހަރަކީ ފާއިތުވީ 15 ވަަަރަކަށް އަހަރުތެރޭ މިފްކޯއަށް އެންމެ ގިނައިން މަސް ގަނެވުނު އަހަރު، އަދި އެންމެ ގިނައިން މަސްވެރިންނަށް ފައިސާ ދިން މަހަކަށްވެސް މިދިޔަ ޑިސެމްބަރު އެބަވޭ، އުއްމީދު ކުރަނީ މިއަހަރުވެސް ޕްލޭނާއި އެއްގޮތަށް ތަރައްޤީގެ މަޝްރޫޢުތަށް ކުރިއަށްގެންދިޔުން، " އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ މިދިޔަ 3 އަހަރުތެރޭ އެކުންފުނީގެ ހުރި ވަސީލަތްތަކުގެ ބޭނުން އެކުންފުނީގެ މުވައްޒަފުން ފުރިހަމައަށް ހިފާފައިވާ ކަމަށެވެ. މުވައްޒަފުންވަނީ ވަރަށް ހިތްވަރުކޮށްފައި ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!