މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މިފްކޯއިންވަނީ ދެއްވަދޫ އައިސްޕްލާންޓުގެ ކޭޝިއާގެ ވަޒީފާއަށާއި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޖޫނިއަރ އޮފިސަރގެ މަޤާމަށް މީހުން ހޯދުމަށް އިޢުލާންކޮށްފައެވެ.
ޖޫނިއަރ އޮފިސަރއެއްގެ މުސާރައަކީ މަހަކު 8401 ރުފިޔާއެވެ. އަދި އިތުރުގަޑީގަ އާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސްތަކުގެ ފައިސާ ލިބޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
ދެއްވަދޫ އައިސްޕްލާންޓަށް ކޭޝިއާއެއް ހޯދުމަށް އިޢުލާންކޮށްފައިވާއިރު، މި މަޤާމުގެ މުސާރައަކީ މަހަކު 8401 ރުފިޔާއެވެ. އަދި ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް 60 ރުފިޔާ ލިބޭނެއެވެ. އަދި މީގެއިތުރުން އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެެވޭނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މި ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ކަމަށް މިފްކޯއިން ހާމަކުރެއެވެ.