Yellowfin 4

އައިއޯޓީސީއިން 2022 ގައި ރީނދޫއުރަހަ ކަންނެލި ބޭނޭނެ އަދަދު ކަނޑައަޅައިފި، ރާއްޖެއަށް 47 ހާސް ޓަނު

2022 ވަނަ އަހަރު އިންޑިއާ ކަނޑުން ރީނދޫ އުރަހަ ކަންނެލި ބޭނޭނެ އެންމެ މަތީ އަދަދު ކަނޑައަޅާ އައިއޯޓީސީއިން އިއުލާން ކޮށްފިއެވެ.

އައިއޯޓީސީގެ ސައިންޓިފިކް ކޮމެޓީގެ ލަފަޔާއެކު، އެ ކޮމެޓީއިން ނިންމާފައިވަނީ 2022 ވަނައަހަރު އިންޑީއާ ކަނޑުން 287،140 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭނުމަށެވެ.

މިއަދަދަކީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ގައުމު ތަކުގެ މެދުގައި ބަހާލައިގެން ބޭނޭނެ އެންމެ މަތީ އަދަދެވެ.

އައިއޯޓީސީގެ އެކްޒެކަޓިވް ސެކްރެޓަރީ އޯ ބްރައަން ވިދާޅުވީ އެ ކޮމެޓީގެ ލަފަޔާ އެއްގޮތަށް އައިއޯޓީސީގެ 24 މެމްބަރު ގައުމަކަށް އެކި އަދަދުތަކަށް ރީނދޫއުރަހަ ކަންނެލި ބާނާނެ އަދަދުތައް ހަމަޖައްސާފައިވާކަމަށެވެ. އަދި 2022 ވަނަ އަހަރަށް އިއުލާނުކުރެވުނު ކަންނެލި ބާނާނެ މިންވަރު ކަނޑައަޅާފައިފައި އަދަދުތަކަށް ބަދަލު އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ 2022 ގައި "ކެޗް ލިމިޓް" ކަނޑައެޅުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ޖޫން 2022 ގެ ކުރިން ނުލިބޭނެތީއެވެ.

އިންޑިއާ ކަނޑުން ކަންނެލި ބާނަން ތަފާތު އާލާތްތައް ބޭނުންކުރާއިރު، ލޭނުގެ މަސްވެރިކަން ކޮށްގެން ބާނާ ކަންނެލީގެ "ކެޗް ޑޭޓާ" ލިބޭނީ 2022 ޑިސެމްބަރުގައި ކަމަށްވެސް އޯ ބްރައިން ވިދާޅުވިއެވެ.

އައިއޯޓީސީގެ 2022 ގެ "ކެޗް ލިމިޓް"ގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ޔޫރަޕިރަން ޔޫނިއަން އަށެވެ. އެއީ 73،146 މެޓްރިކް ޓަނުގެ ރީނދޫއުރަހަ ކަންނެއްޔެވެ.

ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ދިވެހިރާއްޖެއަށެވެ. އެއީ 47،195 މެޓްރިކް ޓަނު ރީނދޫ އުރަހަ ކަންނެއްޔެވެ.

ދިވެހިރާއްޖޭގެ އިތުރުން ސްރީލަންކާ އަށް 31،066، ސީޝެލްސްއަށް 30،359، ޔަމަނަށް 26،262 އަދި ޕާކިސްތާނަށް 14،468 މެޓްރިކް ޓަނު ކަނޑައަޅާފައިވެއެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކްގެ ހާލަތު ރަގަޅުކުރުމަށް އައިއޯޓސީއިން ދަނީ މެމްބަރު ގައުމުތަކާއި އެކު މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހައްހައްހާ ކިޔެވި ކިޔެވީ ހެން ގޮވަމުންދާ މޮޔަތަށް މިވަނީ އިތުރު