ރ. މަޑުއްވަރީ އައިސްޕްލާންޓުން ވަޒީފާގެ ފުރުސަތުތަކެއްް ހުޅުވާލައިފިއެވެ.
މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ބުނީ މަޑުއްވަރީ އައިސްޕްލާންޓަށް ތަފާތު 4 ވަޒީފާއަކަށް 6 މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެގޮތުން މުވައްޒަފުން ހޯދަނީ އައިސްޕްލާންޓު މެނޭޖަރގެ މަޤާމަށާއި ކޭޝިއާގެ މަޤާމަށާއި، ޓެކްނީޝަންގެ މަޤާމަށާއި ސަޕޯޓު ސްޓާފުގެ މަޤާމަށެވެ.
މީގެތެރެއިން ޓެކްނީޝަން އަދި ސަޕޯޓު ސްޓާފުގެ މަޤާމަށް ހޯދަމުން ދަނީ 2 މުވައްޒަފުންނެވެ. ދެން އިން ދެ މަޤާމަށް ހޯދަމުން ވަނީ ކޮންމެ މަޤާމަކަށްވެސް އެއް މުވައްޒަފެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހެނީ 23 ޖަނަވަރީ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ- މެއިލް info@raamaduvvari.gov.mv މެދުވެރިކޮށްވެސް ބަލައިގަންނާނެ ކަމަށް މަޑުއްވަރީ ކައުންސިލުން ހާމަކުރެއެވެ.
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 ޖަނަވަރީ 2022 އާއި 31 ޖަނަވަރީ 2022 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. މަޑުއްވަރީ އައިސްޕްލާންޓު ހުޅުވާފައިވަނީ މިދިޔަ މަސްވެރިންގެ ދުވަހުއެވެ. މި އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފައްދާ 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސްޕްލާންޓެކެވެ.