ދިވެހި މަސްވެރިން ދޮށިއަޅައިގެން މަސް ބާނަނީ

ދުނިޔޭގެ އާބާދީއަށް މަސްބޭނުންވަނީ ކިހާވަރަކަށްބާ؟

ދުނިޔޭގެ އާބާދީ 2050 ވަނައަހަރު 9 ބިލިޔަންއަށްއިތުރުވާނެކަމަށް އ.ދ އިން އަންދާޒާކުރެއެވެ.

މި އާބާދީއަށް ކާނާގެ ޔަޤީންކަން ހޯދައިދިނުމުގައި މަސްވެރިކަމާއި އެކުއްކަލްޗަރގެ ސިނާޢަތު ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް އުފެއްދުންތެރިކަން އިތުރު ކުރަންޖެހޭނީވެސް ދެމެހެއްޓެނިވިގޮތަކަށެވެ. މިކަމުގައި ވިސްނަންވީ،   ކާނާގެ މައިގަނޑު ވަޞީލަތްތަކަކީވެސް މަދުމަދުންދާނެ އެއްޗެއްކަމާއި އަދި ކުރިމަގުގައި މޫސުމަށް އަންނަބަދަލުތަކުގެ އަސަރުންވެސް ކާނާގެ އުފެއްދުންތެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާނޭކަމެވެ.

މިފަދަ ގޮތަކަށް ވިސްނާއިރު، މައިގަނޑު ދެ ސުވާލެއްއުފެދެއެވެ. މިހާރުދުނިޔޭގައި މަސްބޭނުންކުރަމުންދާ މިންވަރުކަމުގައި އަންދާޒާކުރާ، ދުނިޔޭގެ އާބާދީގެ ބޮލަކަށް އަހަރަކު 18 ކިލޯގުރާމް އެމިންވަރުގައި ދެމެހެއްޓިދާނެބާވެއެވެ؟

ޓެކްނޮލޮޖީގޮތުންނާއި މުވައްސަސީ ގޮތުން މިހާރު މިކަންވަނީ ކަށަވަރުވެފައެވެ. ގުދުރަތީ ކަނޑުތަކުންނާއި ވެށިތަކުގައި މަހުގެ އުފެއްދުންތެރިކަމާ އަދި އެކްއާ ކަލްޗަރގެ އުފެއްދުންތެރިކަމުން އުފެދޭ ބާވަތްތަކުގެ މިންވަރު މިހާރުވަނީ، ދުނިޔޭގެ އާބާދީއަށް މަހާއި މަހުގެ އެކިބާވަތްތައް ބޭނުންވާވަރަށްވުރެވެސް އިތުރަށް އުފެއްދިދާނެކަން ކަށަވަރުވެފައެވެ.

މިކަންމިގޮތަށްއޮތްއިރު، މިހާރުދެން އުފެދޭ ސުވާލަކީ، މި މިންގަނޑުގައި އުފެއްދުންތެރިކަން ހިފަހައްޓައިގެން ކުރިޔަށްއޮތް 35 އަހަރުގައި ދުނިޔެއަށް އިތުރުވާނެކަމަށްލަފާކުރާ 2 ބިލިޔަންގެ އާބާދީއަށް މި މިނަވަރުން ފުދޭނެބާވައެވެ؟

ދުނިޔޭގެ އާބާދީ އިސްވެދެންނެވުނު ޢަދަދަށް އިތުރުވާނެކަމަށް އަންދާޒާކުރިއިރު، ކާނާގެޔަގީންކަމަށް (ފްޑްސެކިޔުރިޓީ) އަށްބަލާއިރު، މަހާއިމަހުގެ ބާވަތްތައް ސީދާ ފޯރުކޮށްދެވެނީ އޭގެ ބޭނުން އެންމެ ބޮޑަށްޖެހިފައިވާ ފަރާތްތަކަށް ކަމުގައި ޔަގީންކުރުމަކީ ވަރަށް މުހިއްމުކަމެކަމެކެވެ.

ކުރިންދެންނެވުނު ބޮޑުސުވާލުގެ ދެވަނަ ސުވާލަކީ ދެމެހެއްޓެނިވި މަސްވެރިކަމާއެކު އާކަލްޗަރއިން ކުރިއަތްއޮތް 10 އަހަރަށް ދުނިޔެއަށް ކާނާގެޔަގީންކަން ހޯދައިދިނުމުގައި ޙައްލު ހޯދައިދެވިދާނެބާވައެވެ؟ އެކުއާކަޗަރގެ އުފެއްދުންތެރިކަމާ ދުނިޔޭގެ އެންމެ ނަތީޖާ ދަށްކޮށްލިބޭ ކާނާ ފާރމްކުރުމުގެ ނިޒާމުތަކާ އަޅާބަލާއިރު ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއެކުވެސް ކުރިމަގުގައި ދުނިޔޭގެ އާބާދީއަށް ބޭނުންވާ އެނިމަލް ޕްރޮޓީން ބޭނުންވާމިންވަރަށް މަހުގެ އުފެއްދުންތެރިކަމުން (އެކުއާކަލްޗަރ ހިމެނޭގޮތަށް) ހިއްސާކުރެވިދާނެކަމުގައި، މިކަމާގުޅޭ ގޮތުންދިރާސާކުރާ ގިނަފަރާތްތަކުން ބުނެވެއެވެ. މަހުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ބަލާއިރުވެސް އެންމެ ބޮޑާށް ވިސްނަންޖެހެނީ ދުނިޔޭގެ އާބާދީއަށް އިތުރުވަމުންދާދިޔުމެވެ. މަސްބޭނުން ކުރުމަށްބަލާއިރު އަނެއް މުޙިއްމުކަމަކީ މީހުންނަށް ލިބޭ އާމްދަނީ އިތުރުވަމުންދިޔުމެވެ. މިގޮތުން އާބާދީ ބޮޑު ޗައިނާ އަދި އިންޑިޔާގެ ރައްޔިތުންނަށް ލިބޭ ޢާމްދަނީ އިތުރުވަމުން ދިޔުމާއެކު މަހާއި މަހުގެ އުފެއްދުންތެރިކަމުން ލިބޭބާވަތްތަކަށް ބޭނުންވާމިންވަރު ވަރަށް ބޮޑަށް އިތުރުވަމުންދާކަންވެސް ފާހަގަކުރެވެއެވެ. މިއަދު ދުނިޔޭގެ ތަހުޒީބީ އާބާދީ މަރުކަޒުތަކުގައި ދިރިއުޅޭ ރައްޔިތުން ކާނާ ހިޔާރުކުރާ ގޮތްތަކަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ.

މިކަމުގެ ސަބަބުން އެއްގަމުމަހާއި ކަނޑުންނާއި އެކުއާކަލްޗަރ ސިނާއަތުގައި ހިފާ / ނަގާ އަދި އުފައްދާ ބާވަތްތަށްބަލާއިރު، އާބާދީގެ ބޮލަކަށްޖެހޭ ނިސްބަތަށް ބަލާއިރު 5.7 އާއި 9.3 ކިލޯއި އިތުރުވެފައިވާކަމަށް ދުނިޔޭގެ މިކަމާގުޅޭ ތަފާތު ހިސާބުތަކުން ސާބިތުވެއެވެ. މިސާލަކަށް ޗައިނާއަށް ބަލާއިރުވެސް، މަހާއި މަހުގެ ބާވަތްތަކަށް ބޭނުންވާމިންވަރު (ޑިމާންޑް) މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވެއެެވެ. 2000 ވަނަ އަހަރު މީހަކު ބޭނުންކުރި މިންވަރަކީ 24.4 ކިލޯގްރާމެވެ. އަދި 2030 ވަނަ އަހަރު،މިމިންވަރު 41 ކިލޯގްރާމަށް ބަދަލުވާނެކަމަށް ލަފާކުރެވެއެވެ. ވަރލްޑްބޭންކާއިއެފް.އޭ.އޯ ގުޅިގެން ކުރެވުނު ދިރާސާއަކުން މުޅިދުނިޔެއަށް މަހާއި މަހުގެ ބާވަތްތައް ބޭނުންވާ މިނަވަރަކީ 152 މިލިޔަންޓަނެވެ. އެހެން މިފަދަ ދިރާސާތަކުން ނިންމާފައިވަނީ 125 މިލަޔަންޓަނާ 210 މިލިޔަންޓަނުގެ މަސްބޭނުންވާނެކަމަށެވެ. އެއީ 2050 ވަނަ އަހަރު، ބޭނުންކުރާމީހަކަށް 15 އާއި 20 ކިލޯގެ މިންވަރު ބޭނުންކުރާނެކަމަށް ބަލައިގެންނެވެ. މި އަސާސްތަކުގެ މައްޗަށްބަލާއިރު މަސްވެރިމާއި އެކުއާކަލްޗަރގެ އުފެއްދުންތެރިކަމުން 75 މިލިޔަންޓަނު އިތުރަށް އުފައްދަންޖެހޭނެކަމަށް ބެލެވެއެވެ. އެއީ 2006 ވަނަ އަހަރުގެ މަހުގެ އުފެއްދުންތެރިކަމުގެ މިންގަނޑު (144 މިލިޔަންޓަނު)  އަށްވުރެ އިތުކުރުމަށެވެ. އޭރުން ގާތްގަނޑަކަށް 215 މިލިޔަންޓަނު އުފެއްދޭނެއެވެ. މީގެމާނައަކީ 2006 ވަނައަހަރާއި ބަލާއިރު 50 އިންސައްތައިގެ އިތުރުވުމެކެވެ.

މަސްދަރު:އަސްދަނޑި، - އާދަމްމަނިކް- ފިޝަރީޒް ޕޯސްޓް ހރާވެސްޓު ޓެކޮނޮލޮޖިސްޓް-
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!