ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން އިޢުލާންކޮށްފައިވަނީ ލެބޯރޓްރީ ބައިގެ ސްޕަރވައިޒަރގެ ވަޒީފާއަށާއި ޑިއުޓީ އޮފިސަރގެ މަޤާމަށެވެ.
ސްޕަރވައިޒަރގެ މަޤާމުގެ މުސާރައަކީ މަހަކު 11078 ރުފިޔާއެވެ. މި މަޤާމުގެ ޝަރުުތުތަކަކީ އޭލެވަލް ސައިންސް ސްޓްރީމްގެ 3 މާއްދާއިން، އިނގިރޭސި މާއްދާ ހިމެނޭހެން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމެވެ. ޑިއުޓީ އޮފިސަރގެ މަޤާމުގެ މުސާރައަކީ 8512 ރުފިޔާއެވެ. މި މަޤާމަށް 2 މީހުން ހޯދުމަށް އިޢުލާންކޮށްފައިވާއިރު، މަޤާމުގެ ޝަތުރުތަކަކީ ގްރޭޑް 10 ނިންމާފައިވުމާއި އިންޖިނިއަރިންގ ދާއިރާގައި އުޅޭ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުމެވެ.
މި މަޤާމުތަކަށް މީހުން ހޮވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް ބާއްވާ އިންޓަވިއުއަށް ފަހުގައި ކަމަށް ފެލިވަރު ފިޝަރީޒް އިން ހާމަކުރެއެވެ.
މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ސިޓީ ފޮނުވަން ޖެހެނީ މިމަހުގެ 25ވަނަ ދުވަހުގެ 16:30ގެ ކުރިން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް މެނޭޖްމަންޓަށެވެ.




One Response
ތީމިހާރުު އުވާލުމުގެެ މަގުމަތީގައިީ އޮތްކުންފުންޏެއްނޫންތަަ ދެންކޮންް ވަޒީފާއެއްތަަ ތިކިޔަނީީ ބަޔަކައްް ބޮނޑިދޭންވެގެންް ކުރިކަމެއްނޫންތަަ އަޅެސާފުބަހުންް ވާހަކަދެއްކިއްޔާާ ގައިންބަޔެއްް އުނިވަނީތަަ