ވޮއިސް ކޯލު އޭރު ކުރެވުނީ ޓެސްޓަކަށް ކަމަށާއި އެ ހިދުމަތް ޕެކޭޖެއް ގޮތަށް އަންނަ ހަފްތާ އިއުލާނު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އުރީދޫ އިން ދޯނިފަހަރުގައި ހަރުކުރި ވެސަލް ލޮކޭޓިން ޑިވައިސްގައިވާ ފޯނުން، ގުޅުމުގެ ހިދުމަތް ކަނޑާލެވިފަ ވަނީ ކީއްވެތޯ ސުވާލު އުފައްދައި، އެ ޑިވައިސް އަކީ މަސްވެރިންނަށް މިހާރު ތަކުލީފަކަށް ވެފައިވާ ކަމެއް ކަމަށް މަސްވެރިން ބުނަން ފެށުމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޝިފާޒް މިނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ޑިވައިސް އަކީ ބޮޑު ހަރަދެއް ކޮށްފަ ހަރުކުރި އެއްޗެއް ގޮތަކަށް މާނައެއް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެއީ ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ހިންގަމުންދާ ޕްރޮޖެކްޓެއް ކަމަށެވެ.
"ޑިވައިސްގެ އަގާ، ޑިވައިސް ހަރުކުރުމާ އެ ހުރިހާ އެއްޗަކަށް ހަރަދު ކުރަނީ ސަރުކާރުން. ހަމައެކަނި މަސްވެރި އޮޕަރޭޓަރުންނަށް ނުވަތަ މަސްވެރި އުޅަނދުތަކުގެ ވެރިފަރާތްތަކުން ދައްކަން ޖެހޭ އެއްޗަކީ އޭގެ އެއާޓައިމް، އަނެއްހެން ބުނަންޏާ މޯބައިލް ސިމްއަށް އެ ނަގާ، ޔޫސް ކުރާ ވަރަށް އެ ދައްކަން ޖެހޭ އެއްޗެއް"
އެހެންކަމުން މަސްވެރިން މަހަކު ދައްކަން ޖެހޭނީ 600 އެއްހާ ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެން މަސްވެރިންނަށް ލިބޭ ހިދުމަތަކީ، އުޅަނދު ޓްރެކް ކުރެވުން ކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭގެ މާނައަކީ މޯބައިލް ފޯނަކުން ވިޔަސް އަދި ކޮމްޕިއުޓަރަކުން ވިޔަސް، ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅަނދު އޮތް ނަމަވެސް މަސްވެރިންނަށް ސެޓަލައިޓް ކޮށް ޓްރެކް ކުރެވޭނެ ކަމަށެވެ.
ޑިވައިސް އަކީ، ސަލާމަތީ ސަބަބުތަކަށް ޓަަކައި، ހަމައެކަނި ޓްރެކްކުރުމަށް ބޭނުންކުރާ އުޅަނދެއް ނޫން ކަމަށާއި އޭގެން ކޯސްޓްގާޑަށް ހިލޭ ގުޅޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
މޯބައިލް ފޯނުން ކުރާ ކޯލްތަކަށް ވުރެ ސެޓެލައިޓް ފޯނުން ކުރާ ކޯލުތަކުގެ އަގު ބޮޑުވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެއީ ސެޓެލައިޓް ފޯނެއް މެދުވެރިކޮށް ގުޅާނަމަ، އަގުތައް އުޅޭނީ މިނެޓެކަށް 20 ރުފިޔާއަށް ވުރެ މަތީގައި ކަމަށް ވާތީއެވެ.
މި ޑިވައިސްގެ ޕެކޭޖް ތަކުގައި ވޮއިސް ކޯލު ނުހިމެނޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ވޮއިސް ކޯލު ފުރަތަމަ ދޫކޮށްފައި ހުރީ މި ހިދުމަތް ފެށިއިރު ޓެސްޓަކަށް ކަމަށާއި، ނަމަވެސް ޓެސްޓުކޮށް ނިމުމުން ހިދުމަތް ކަނޑާލި އިރު ސަބްސްކްރިޕްޝަންއެއް މެދުވެރިކޮށް ވެސް އެ ހިދުމަތް ހޯދޭނެ ގޮތެއް ހަދައިދީފައެއް ނެތުން އެއީ މަސްވެރިންނަށް ދިމާވި އުނދަގުލެއް ކަމަށް ޝިފާޒުވެސް ގަބޫލު ކުރެއްވިއެވެ.
އުރީދޫއާއެކު މަޝްވަރާ ކުރަމުން ދިޔައީ، ޕެކޭޖުތައް ހެދިގެން، އޭގެ މައުލޫމާތު ދެވިގެން، ހެޔޮ އަގުގައި އަވަހަށް ޕެކޭޖުތައް އިއުލާނު ކުރުން ކަމަށްވީނަމަވެސް އެ ހިިދުމަތް ލަސްވުމުން، ފަހުން ލަސްކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަންނަ ހަފްތާގައި އަގުހެޔޮކޮށް އެ ހިދުމަތް އިއުލާނު ކުރާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވިއެވެ. އެއީ މިނެޓަަކަށް 12 ނުވަތަ 13 ރުފިޔާ ހަރަދުވާނެ ޕެކޭޖެކެވެ.
"މީގަ އަސްލު މަސްވެރިންނަށް އެބަ އުޅޭ ކޮންފިއުޝަންއެއް. އެއީ އޭރު އެ ހިދުމަތް ޓެސްޓަށް ދޫކޮށްފަ ހުރީމަ، އެމީހުންނަށް ހީވަނީ އަސްލު އޭގެ ތެރޭގަ އަސްލު އިންންނަން ޖެހޭނެއޭ މި ވޮއިސް ހަމަ ފްރީކޮށް. އެހެނެއް ނޫން"
ޕެކޭޖެއް ނެހެދި ލަސްވަނީ ކީއްވެތޯ މަސްވެރިން ޝަކުވާ ކުރާ ކަމަށާއި، ޕެކޭޖެއް ނެހެދި، އަސްލުވެސް ލަސްވެއްޖެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
އޭގެ ސަބަބަކަށް ވީ އުރީދޫއަށް ޓެކްނިކަލް ވަރަށް ގިނަ މައްސަލަތައް ދިމާވުމުންނެވެ.
މިހާރު ވަނީ ޕެކޭޖްތައް ހަދާފައެވެ. މިއަންނަ ހަފްތާގެ ތެރޭގައި އެ ޕެކޭޖުތައް އިއުލާނު ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.
އެހިސާބުން ފެށިގެން ހިދުމަތަށް ސަބްސްކްރައިބް ކުރެވޭނެއެވެ. މިހާރު އެސްޓިމޭޓް ކުރާ އަގަކީ، ވޮއިސް ކޯލަށް ގާތްގަނޑަކަށް މިނެޓަކަށް 12 ނުވަތަ 13 ރުފިޔާއެވެ.
One Response
ޔެއެއް ގޮތަކަށްވެސް ބޭނުމެއްނޫން