Octopus

ވިހި އަހަރަށްފަހު ބްލޭންކެޓް އޮކްޓަޕަސްއެއް ފެނިއްޖެ

ވިހި އަހަރަށްފަހު ބްލޭންކެޓް އޮކްޓަޕަސްއެއް އޮސްޓްރޭލިއާއިން ފެނިއްޖެއެވެ.

މި ބޯވަ ފެނިފައިވަނީ ޖަސިންތާ ޝެކަލްޓަން ނަމަކަށްކިޔާ މެރިން ބަޔޮލޮޖިސްޓެކަށެވެ. އޮސްޓްރޭލިއާގެ ގުރޭޓު ބެރިއާ ރީފް ސަރަޙައްދުން މި ބޯވަ ފެމުން އޭނާވަނީ އޭގެ ފޮޓޯ އާއި ވީޑިއޯ ނަގާ، ސޯޝަލް މީޑއާގައި ހިއްސާކޮށްފައެވެ.

މިއާ އެކު ގިނަ ބައެއްގެ ސަމާލުކަމެއް ވަނީ ބްލޭންކެޓް އޮކްޓަޕަސްއަށް ލިބިގެންގޮސްފައެވެ.

ޝެކަލްޓަން ބުނީ އެ ބޯވަ ފެނުމުން އެންމެ ފުރަތަމަ ހީކުރީ އެއީ ކުޑަ މަހެއް ކަމަށެވެ. އެކަމަކު ކައިރިން ފެނުމުން އެއީ ބްލޭންކެޓު އޮކްޓަޕަސްއެއްކަން އެނގުނު ކަމަށެވެ. އަދި އެވަގުތު ވެގެން ދިޔައީ ވަރަށް އުފާވެރި ވަގުތަކަށް ކަމަށް ޝެކަލްޓަން ބުންޏެވެ.

ޝެކަލްޓަން ގްރޭޓު ބެރިއަރ ރީފުގެ ކަނޑު އަޑީގެ ދިރުންތަށް ޑޮކިއުމަންޓު ކުރަމުންދާ މިހާރު 3 އަހަރުވެފައިވާއިރު، އޭނާ ޤަބޫލުކުރާގޮތުގައި ބްލޭންޓެކް އޮކްޓަޕަސްއެއް މީގެ ކުރިން ބަޔަކަށް ފެނިފައިވަނީ އެންމެ 3 ފަހަރުއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ބްލޭންކެޓް އޮކްޓަޕަސް ފެންނަ މިންވަރު މަދުވެފައިވަނީ، އޭގެ ސައިޒުގެ ގޮތުންނެވެ. އެގޮތުން އަންހެން ބްލޭންކެޓް އޮކްޓޮޕަސް 6 ފޫޓަށް ބޮޑުވާއިރު، ފިރިހެން ބްލޭންކެޓް އޮކްޓަޕަސް ބޮޑު ވަނީ އެންމެ 2.4 ސެންޓިމީޓަރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response