ފަންހާމަސް ކަށިޖެހީމަ ދޭނެ ފުރަތަމަ އެހީ

މޫދުގައި އުޅޭ މަސްތަކުގެތެރެއިން ބަލާލަން އެންމެ ރީތި މަސްތަކުގެތެރޭގައި ފަންހާމަސް ހިމެނޭނެއެވެ. މަހުގެ ގައިގައި ހުރަހަށް ރޮނގުތަކެއް ހުންނަ ދިގު ރީތި ފިޔަ ގަނޑެއް ލިބިފައިވާ މި މަހަކީ ރާއްޖެއިން ވަރަށް ގިނައިން ފެންނަ މަހެކެވެ. މިއީ އެންމެ ރީތި މަސްތަކުގެ ތެރޭގައި ހިމެނޭ މަހެކެވެ. ފަންހާމަސް އާއްމުކޮށް އުޅެނީ ތިލަ ހިސާބު ތަކުގައެވެ. ރަށްރަށުގެ ފަރުމަތީ ތިލަ ހިސާބުތަކުގައި މި މަސް ވަރަށް ގިނައިން އުޅެއެވެ.

ފަންހާމަހެއް ކަށިޖަހައިފި ނަމަ ފުރަތަމަ އެހީ:

ފަންހާ މަހެއް ގަޔަށް ކަށި ޖަހައިފި ނަމަ އަމަލުކުރާނެ ގޮތް

- އަތަށް އަނގި އެރުވުމަށްފަހު، ޓުވީޒަރއަކުން ކަށި ނެއްޓުން

- ކަށި ޖަހާފައިވާ ހިސާބަށް ފިއްތާ ނެހެދުން

- ކަށި ޖަހާފައިވާ ހިސާބު ސައިބޯނި ލައިގެން ދޮވުން

- ކަށި ޖެހި ތަން ހޫނު ފެނަށް ލުން، ނޫނީ ހޫނު ފެނުން ފެންވަރާލުން (10-20 މިނެޓުވަންދެން)

- ތަދުކަނޑުވާ ބޭސް ކެއުން

- ގައިގެ ކަށި ޖެހި ހިސާބުގައި މަހުގެ ކަށީގެ ތަންކޮޅެއް ނެތްކަން ޔަޤީންކުރުމަށް އެކްސްރޭ އެއް ހެދުން

ސިއްޙީ އަވަސް ފަރުވާ ހޯދަން ޖެހޭ ހާލަތްތައް

- މަސްގަނޑުގައި މާ ގަދަޔަށް ރިއްސުން ނޫނީ އަކުނިވަޔަށް ދެމުން

- ތަދު ނުކެނޑި ދިގުދެމިގެން ދިޔުން

- މޫނު މައްޗަށް އަނދިރިވާހެން ހީވުން

- އިންފެކްޝަންގެ އަލާމަތްތައް ކަމުގައިވާ، ހުންއައުން، ދުޅަވުން، ދޮސްއައުން ގަދަ ކަންތައްތައް ދިމާވުން

މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޚީ އެހީތެރިކަން ހޯދަންޖެހެއެވެ. ނޫންނަމަ މަހުގެ ވިހައިގެ އަސަރު މުޅި ހަށިގަނޑަށް ކޮށް މިވޭނުގައި އެތައް ދުވަހެއް އުޅެންޖެހިދާނެއެވެ.

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

3 Responses

  1. ކަށި ޖެހި ތަނަށް ވަގުތުން ހީސް ލީމަ ރަނގަޅުވާނެ

  2. ފުރަތަމަ އެހީގަ އެކްސޭރޭ ނަގާ ވާހަކަ އިނީމަ ހަމަނުޖެހޭ