5F8A9EF4-6AA0-43ED-B1A4-DC24C7C28EDC

ކޮލިމަހެއް ދަތުގެ ފަރުވާއަށް ޑެންޓިސްޓެއް ކައިރިއަށް

ކޮލިމަހެއް ދަތުގެ ފަރުވާއަށް ޑެންޓިސްޓެއް ކައިރިއަށް ގެންގޮސްފިއެވެ.

މި މަސް ޑެންޓިސްޓެއް ކައިރިއަށް ގެންދިޔައީ އޭގެ އަނގައިގެ ދަތެއް މާ ބޮޑަށް ދިގުވެފައިވުމުނެނެވެ. މިކަމުގެ ސަބަބުން މި މަހަށް ކައި ހެދުމަށް އުނދަގޫވެފައިވާކަމަށް އެ މަސް ގެންގުޅޭ ފަރާތުން ބުނެއެވެ. އެހެންކަމުން ގޯލްޑީ ނަމަކަށް ކިޔާ މި ކޮލި މަސް ބަނޑަށް މަރުވެދާނެތީ، މި މަސް ގެންގުޅޭ ފަރާތުންވަނީ ޑެސްޓިސްޓެއްގެ ގާތަށް މަސް ގެންގޮސްފައެވެ.

ފަސް އަހަރުގެ މި މަހުގެ ދިގުވެފައިވާ ދަތް ކީހާލާފައިވަނީ މަސް ހޭނެއްތުމަށް ފަހުއެވެ. އަދި މި ޕްރޮސީޖަރއަށްފަހު މަހުގެ ހާލު ރަނގަޅު ކަމަށް މިމަހުގެ ވެރި ފަރާތުން ބުނެއެވެ.

ކޮލި މަހުގެ ދަތް ގޭނުމުގެ ޕްރޮސީޖަރ ކުރިއަށް ގެންގޮސްފައިވަނީ ބަލަން ޖެހޭ ކަންތައްތަކަށް ވަރަށް ފަރުވާތެރިކަމާއި އެކު އިސްކަން ދީގެން ކަމަށް މިކަމުގައި ހަރަކާތްތެރިވި ސިއްޙީ ފަރާތްތަކުން ބުނެފައިވެއެވެ. ކޮލި މަސް (ޕަފާ ފިޝް) މަހުގެ ދަތްތަކަކީ އަބަދުވެސް ދިގުވަމުންދާ ދަތް ތަކެކެވެ. އެހެން ނަމަވެސް ކަނޑުތަކުގައި އުޅޭ ކޮލިމަސް ކެއުމަށް ބޭނުންވާ ތަކެތި ހޯދުމަށް މުރަކަ ފަދަ ތަކެތީގައި ދަތްތަށް އަބަދުވެސް ގާނައެވެ. އެހެންކަމުން އެމަހުގެ ދަތްތައް އެހާ ދިގެއް ނުވެއެވެ. އެހެންނަމަވެސް ޓޭންކުތަކުގައި ގެންގުޅޭ މަސްތަކުގެ މާހާލު ތަފާތުވުމުން ދަތްތަށް މާބޮޑަށް ދިގުވުމުގެ ފުރުސަތު އޮވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!