މަސްވެރިކަމާއި ގުޅޭ

ގަޅިކެނޑި ވެނުބަނޑޭރި

މިއީ ވެނުބަނޑޭރި އާއިލާގެ މަހެއްކަމުގައިވިޔަސް މިބާވަތުގެ ވެނު ބަނޑޭރިއަކީ ދިވެހިންނަށް ޢާއްމުކޮށް ފެންނަ ބާވަތެއް ނޫނެވެ.

ކުޑަ އިސްކޮޅެއްގެ މަހެއް ކަމުންނާއި މިއިން ކުރެވޭ ބޭނުމެއްވެސް ނެތުމާއެކު މިމަހަށް ވަކިޚާއްސަ ނަމެއްވެސް ކިޔައެއް ނޫޅެއެވެ. ވުމާއެކު މިމަހުގެ ސައިންޓިފިކްނަމަށާއި އިގިރޭސިނަމަށް އަދި މަހުގެ ޢާއްމު ސިފައަށް ވިސްނާ "ގަޅިކެނޑި ވެނުބަނޑޭރި" ކިޔާ ނަންދީފައިވަނީއެވެ. މިމަސް އެންމެ ބޮޑުވަނީ 17.5 ސެންޓިމީޓަރަށެވެ.

ގަޅިކެނޑި ވެނުބަނޑޭރި ޢާއްމުކޮށް އުޅެނީ ގުންޑޮޅި ދަށުގައްޔާއި ފަރުގައި ހެދިފައިހުންނަ ހޮހަޅަތަކުގެ ތެރޭގައެވެ. މިއީ ވަރަށް ރީތިކޮށް ހުރަހަށް މުޅިރަތްކުލައިގެ ރޮނގުތަކަކުން ގަޅިކެނޑިފައިހުންނަ މަހެކެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 20 އާއި 23 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަޑުގައި 18 އާއި 22 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިއީ ޢާއްމުކޮށް ފަރުމައްޗަށް މޫދަށް އެރިއުޅޭ މީހުންނަށް ގިނައިން ފެންނަ މަހެއްނޫނެވެ.

އިނގިރޭސި ނަން: Many-banded pipefish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!