Raees Felivaru foto

މިފްކޯގެ ތަރައްގީއަށް 1 ބިލިއަން ރުފިޔާ

މިފްކޯގެ ތަރައްގީއަށް 1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯގެ މަސް ގަންނަ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. ފައުޒީ ވިދާޅުވީ އެކަމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އަހައްމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

"ޖުމްލަކޮށް 1 ބިލިއަން ރުފިޔާގެ ކެޕިޓަލް އިންވެސްޓްމެންޓް މިފްކޯއަށް އެބަ އާދޭ"

އޭގެ ތެރޭގައި ސައުދީ ފަންޑުން ދެކުނުގެ ޕްރޮޖެކްޓް ތަކަށް އަދި އުތުރުން ފެލިވަރު ޑިވޮލޮޕްމަންޓް ކުރުމުގެ ޕްރޮޖެކްޓަށް، އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ގެ ދަށުން  ފިޝަރީޒް ސެކްޓާ އެލޮކޭޓް ކުރި ބައިގެ ތެރޭގައި ހިމެނެއެވެ.

އެ މަސައްކަތް ފެށިގެން މިހާރު ކުރިއަށް ދާކަމަށް ފައުޒީ ވިދާޅުވިއެވެ.

ފެލިވަރުގައި މަސް ގަންނަ ފެސިލިޓީއަކާއި ޕްރޮޑަކްޝަން ފެސިލިޓީއެއް ގާއިމު ކުރުމަށް ބޭނުންވާ ބިން މިހާރު ތައްޔާރު ވަމުން ދާކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ފެށި، ޕްލޭނާ އެއްގޮތަށް މަސައްކަތް ހިނގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފެލިވަރުގައި މަސް ބަންދު ކުރަން ފެށިތާ 44 އަހަރު ފުރުނު އިރު މާބޮޑު ތަރައްގީއެއް ނާދެއެވެ. އަދި އެންމެ ރަނގަޅަށް މަސްވެރިންނަށް ހިދުމަތް ނުދެވޭ ކަން ފައުޒީވެސް ފާހަގަ ކުރެއްވިއެވެ.

އުންމީދު ކުރަނީ 270 ޓަނާއި 300 ޓަނާ ދެމެދު ދުވާލަކަށް މަސް ކަލެކްޓް ކުރެމާއި ޕްރޮސެސިން ކެޕޭސިޓީ 100 ޓަނަށް ގެނެވުން ކަމަށް ފައުޒީގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!