މާބައިދޫ،ފޮޓޯ- މާބައިދޫ ކައުންސިލް އިދާރާ
މާބައިދޫ،ފޮޓޯ- މާބައިދޫ ކައުންސިލް އިދާރާ

ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމް ކޮށްދޭނެ ފަރާތެއް ހޯދަނީ

ލ. މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ އައިސްޕްލާންޓެއް (50 ޓަނުގެ ސްޓޯރޭޖާއެކު) ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

މާބައިދޫ ކައުންސިލްގެ އިދާރާއިން ބުނީ މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. މި މަޝްރޫޢު ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ޕްރޮކިޔުމަންޓް އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ކަރުދާހުގައި ބަޔާންކުރެވިފައި ވާނެކަމަށްވެސް މާބައިދޫ ކައުންސިލުން ވިދާޅުވެއެވެ.

މި މަޝްރޫޢު ބެހޭ އެންމެހައި ލިޔެކިޔުންތައް 25 ޖަނަވަރީ 2022 އިން ފެށިގެން ހައްދުންމަތީ މާބައިދޫ މާބައިދޫ ކައުންސިލް އިދާރާގެ ވެބްސައިޓުން www.maabaidhoo.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މާބައިދޫ ކައުންސިލުން ވިދާޅުވީ ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަށް ޖެހޭނެކަމަށާއި ބިޑް ސެކިޔުރިޓީއާއިބެހޭ އިތުރު މަޢުލޫމާތު، "ބީލަމާބެހޭ މަޢުލޫމާތު ކަރުދާހު"ގައި ވާނެކަމަށެވެ.

މި މަޝްރޫޢު ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ރަޖިސްޓްރީވުމަށް 12 ފެބްރުވަރީ 2022 ގެ 13:00 ގެ ކުރިން info@maabaidhoo.gov.mv  އީމެއިލް ކުރަންޖެހެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ފެބްރުވަރީ 17 ވަނަ ދުވަހުގެ 11:00 ގައި ބީލަން ހުށަންޖެހެއެވެ. ބީލަން ބަލައިގަތުން އޮންނާނީ ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!