C888B395-97D0-4FFC-9B4F-C5A87A2EECA9

ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމަށް ފެނަކަ އާއި ހަވާލުކޮށްފި

ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމަށް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝިއަލް ކޮންޓްރޯލާ އީނާޝް ނަސީރެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ ކޮމަންޑޫގައި ތަރައްޤީކުރާ އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލް ކަމާއި، 50 ޓަނުގެ އައިސް ރައްކާކުރެވޭނެ އައިސްޕްލާންޓެއް ކަމަށެވެ. ކޮމަންޑޫ އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 6 މަސްދުވަސްތެރޭ މަސައްކަތް ނިންމާގޮތަށެވެ.
މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 13 އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!