273037345_457459152728264_6547011919893414977_n

އިހަވަންދޫ އައިސްޕުލާންޓަށް ދިމާވި މައްސަލަ ހައްލު ނުވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަނީ

ހއ އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް ދިމާވި މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްވަމުންދާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އިހަވަންދޫ މަސްވެރިން ތަމްސީލްކުރާ މަސްވެރި އިހަވަންދޫ ޕޭޖުގައި ޝާޢިރުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހުސްވި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުންފެށިގެން ހއ އިހަވަންދޫ މިފްކޯ އައިސްޕުލާންޓަށް މަށްސަލައެއް ދިމާވެ ހުއްޓުމަކަށް އައިސް ހައްލުނުކުރެވި އޮންނަތާ މާދަމާ އަށް މަސްދުވަސްވާނެ ކަމަށެވެ.

އަދި މަސްވެރިން މައުލޫމާތު ދޭގޮތުގައި އައިސްލިބުން ދަތިވެ މިދުވަސްކޮޅު އައިސް އެޅުމަށް ދާންޖެހެނީ ހދ މަކުނުދޫ އައިސްޕުލާންޓަށްކަމަށާއި ހުސްވި އަހަރު ޑިސެމްބަރުމަހުގެ 10 ވަނަދުވަހު ހއ ހޯރަފުށީ އައިސްޕުލާންޓު ހުޅުވިނަމަވެސް އަދިވެސް ހޯރަފުށީ އައިސްޕުލާންޓުންވެސް މަސްވެރިންނަށް އައިސް ދޫކުރަން ނުފަށާކަމަށް މައުލޫމާތުލިބޭ ކަމަށް މަސްވެރި އިހަވަންދޫ ޕޭޖުން ބުނެއެވެ.

މިކަމާއި ގުޅޭގޮތުން މިފްކޯއިން ބުނީ އައިސްޕްލާންޓަށް ދިމާވެފައިވަނީ ރެފްރިޖެނެރޭޝަން ސިސްޓަމުގެ މައްސަލައެއް ކަމަށެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ އެއްްޗެއްސަކީ މަރާމާތު ކުރުމަށްވެސް އެއަށް ބޭނުންވާ ސާމާނު ރާއްޖެއިން ލިބޭ އެއްޗިއްސެއްް ނޫން ކަމަށެވެ. މިހާރުވެސް މަސައްކަތްކުރަމުންދަނީ ކޫއްޑޫގައި ހުރި ބައެއް ސާމާނު ގެނެސްގެން ކަމަށެވެ. އަދި ފެލިވަރުންވެސް ބައެއް ސާމާނު ގެނެސްގެން އައިސްޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

އިހަވަންދޫއަކީ މަސްވެރި ރަށެކެއެވެ. އެރަށުގައި މަހަށްދާ ގިނަ އަދަދެއްގެ ދޯނި ފަހަރު އޮންނަ އިރު، އައިސް ލިބުމުގައި ދިމާވާ ދަތިތަކަކީ މަސްވެރިނަށް އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!