މަސްވެރިކަމާއި ގުޅޭ

ކުޅަނދުރުފާނަ

ކުޅަނދުރު ފާނައަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ހުއި ފަޅާފައި ހުންނަ ސަރަޙައްދުތަކުގައި އުޅޭ ނަނުފައްތައިގެންކުރާ މަސްވެރިކަމުގައި ބޭނޭ، ކޮށި ފައްތައިގެން ކުރާ މަސްވެރިކަމުގައި ހިފޭ މަހެކެވެ.

މިމަހަށް ކިޔާ ވަކި ޚާއްސަ ނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މިމަހަށް "ކުޅަނދުރުފާނަ" ކިޔާފައިވަނީ ހަށިގަޑުގައި ހުންނަ ކުދިކުދި ހިތްތަކަކަށް ބަލާފައެވެ. މިފިތްތައް ނުވަތަ ލައްތައް ހުންނަނީ ކުޅަނދުރުހަތާ ހުންނަގޮތާއި ވަރަށް އެއްސިފައެއްގައެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ ކަށިކޮށްނެވެ.

މިމަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 16 އާއި 18 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ކަންފަތުގައި 17 މަޑުކަށިހުރެއެވެ. މަހުގެ މުޅިހަށިގަޑުގައި މުށިކުލައިގެ ކުދިކުދި ލައްތަކެއް ވަރަށް ކައިރިކައިރީގައި ހުރެއެވެ. މިލައްތަކުން އެންމެ ބޮޑެތި ލައްތައްވެސް މަހުގެ ލޮލުގެ ކަޅީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑެއްނޫނެވެ. ނިގޫފަތުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. މިއީ 4 މީޓަރާއި 280 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅޭ މަހެކެވެ. ކުޅަނދުރުފާނައަކީ ގާތްގަޑަކަށް 75 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދިމަހާއި ޑިނގައާއި ކަކުނީގެ ބާވަތްތަކެވެ.

އިނގިރޭސި ނަން: Brown-spotted grouper
މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!