މަސްވެރިކަމާއި ގުޅޭ

ދޮން ނޫފާނަ

ދޮން ނޫފާނައަކީ ފާނަ ޢާއިލާގެތެރޭގައި އުޅޭ އެންމެ ދިހުން ކުލައެއް ހުންނަ ފާނައެވެ.

ވުމާއެކު މިފާނަ އެހެން ފާނަ ތަކެއްގެ ތެރެއިން ދެނެގަތުމަކީ މާކަ އުނދަގޫކަމެއްނޫނެވެ. މިއީ ރާއްޖޭގައި ގިނަ އިން އުޅޭ ފާނައެއް ނޫންކަމުގައިވިޔަސް މަދުމަދުން ދިވެހިމަސްވެރިން މިމަސް ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި ބާނާ އުޅެއެވެ. މިމަސް އުޅެނީ 150 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ކެއުމަށް މީރު މަހެކެވެ. މިމަހަށް "ދޮން ނޫފާނަ" ކިޔާފައިވަނީ މަހުގައި ހުންނަ އެންމެ ފާޅުކަންބޮޑު ސިފަކަމުގައިވާ ދޮން ނޫކުލައާއި ގުޅުވައިގެން މަހަށްކިޔާ އިގިރޭސިނަމާވެސް ގުޅޭގޮތަށެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 16 ނުވަތަ 17 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ އެންމެ ފުޅާހިސާބުގެ މިން މަހުގެ ބޮލުގެ ދިގުމިނާއި ދާދިއެއްވަރުވާނެއެވެ. މަހުގެ ކުލައަކީ ގަދަނޫކުލައެވެ. މިކުލަ ގަދަވެގެންގޮސް ހުންނަނީ މުށިވައިލެޓް ކުލައަކަށް ބަދަލުވެފައެވެ. ނިގޫފަތާއި ކޮތަރިބައިތަކާއި ކަންފަތުގެ ކުލައަކީ ރީނދޫކުލައެވެ. މިރީނދޫކުލަ ޅަމަހުގައި ވަރަށް ގަދަކޮށް ހުރެއެވެ. މަހުގެ ނިގޫފަތުގެ ކައިރިފަށް ހުންނަނީ ކަޅުކުލައެއްގައެވެ. ދޮން ނޫފާނަ ގާތްގަޑަކަށް 80 ސެންޓިމީޓަރަށް ބޮޑުވެއެވެ. މިމަހުގެ ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.

އިނގިރޭސި ނަން: Blue-and-yellow grouper 
ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!