å©Ç¬Ç©Ç¡ÇΩÉ}ÉXÉN

ވެލައެއްގެ ބަނޑުން ދިރުވާލެވިފައިވާ ފޭސް މާސްކެއް

ވެލައެއްގެ ބަނޑުން އޮޅިގެން ދިރުވާލެވިފައިވާ ޑިސްޕޯސަޕަލް ފޭސް މާސްކެއް ފެނިއްޖެއެވެ.

މިއާއެކު ކޮވިޑާއި އެކު ކަނޑަށް އުކާލާ ޕްލާސްޓިކްގެ ބިރުވެރިކަން ކަނޑުގެ ދިރުންތަކަށް އޮތް މިންވަރުވަނީ ދެކެގަނެވިފައެވެ. ވެލައަށް އޮޅިގެން ޕްލާސްޓިކް ކެވޭކަން ކުރިންވެސް ހޯދިފައިވެއެވެ. އެހެން ނަމަވެސް މިފާއިތުވީ 15 އަހަރުތެރޭ ވެލައެއްގެ ބޮޑުކަމުދާ ތަކެތިން ފޭސް މާސްކެއް ފެނިފައެއް ނުވެއެވެ.

ޖަޕާންގެ ދިރާސާ ކުރާ ޓީމަކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ އޮގަސްޓުމަހު ޖަޕާނުގެ ކަނޑުގެ އައްސޭރިފަށުން މަސް ބާނާ ދަލެއްގައި ތާށިވެފައި އޮތްވާ ސަލާމަތްކުރި ވެލައެއްގެ ބަނޑުން ފެނުނު މާސްކެއް ކަމަށެވެ. އެގޮތުން މި ވެލާއަކީ އުމުރުން ހަނގު ވެލައެއް ކަމަށާއި، ފޭސް މާސްކު ފެނިފައިވަނީ އޭގެ ބޮޑުކަމުދާ ތަކެތިން ކަމަށް ރިޕޯޓުގައިވެއެވެ.

މި ޓީމުންވަނީ ޕެންޑަމިކްއާއި އެކު ޕްލާސްޓިކް އެކި ކަހަލަ އާލަތްތަށް ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، މިތަކެތި ރައްކާތެރިގޮތުގައި ނައްތާލެވޭނެ އިންތިޒާމްތަށް ހަމަޖެއްސުން މުޙިއްމުކަން ފާހަގަކޮށްފައެވެ. އަދި އާއްމުންވެސް މޫދަށް މިފަދަ ތަކެތި އުކާލުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. އުމުރުން ހަނގު އެއް ނޫން. ރަނގަޅު ގޮތަކީ، އުމުރުން ހަގު.