ކޫއްޑޫ ފިޝަރީޒް
ކޫއްޑޫ ފިޝަރީޒް

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 12.68ރ އަށް އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 15.00ރ އަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިދިޔަ މަހުގެ 21ވަނަ ދުވަހުވެސް މިފްކޯއިން ވަނީ މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން އޭރު މަސްވެރިންނަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު ވަނީ 12.08ރ އަށް އަދި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 14.26ރ އަށް ވަނީ ބޮޑުކޮށްފައެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.

އެގޮތުން އެފްއެސްއެމްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު 12.98 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.04 ރުފިޔާއަށް ބޮޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!